
ހަނގުރާމަ ފިނިކުރަން އެމެރިކާ އާއި އެކު އެއްބަސްވުމެއް ހަދަން ޒެލަނަސްކީ ގޮވާލައިފި

މުޙައްމަދު ފަޟްލޫން - 13 މާރިޗު 2026 - 09:32
ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ، އެމެރިކާގެ ވައިޓް ހައުސްއަށް ގޮވާލައްވައި، އީރާނުން އުފައްދާ ޑްރޯންތައް ހަލާކުކޮށްލުމަށް ބޭނުންވާ ޤާބިލިއްޔަތުކަން ތަރައްޤީ ކުރުމުގެ ގޮތުން، ޑްރޯން އުފެއްދުމާ ގުޅޭ ބޮޑު ތިލަފަތެއްގެ އެއްބަސްވުމެއް ގާއިމުކުރުމަށް ގޮވާލައްވައިފިއެވެ.
ރައީސް ޒެލެންސްކީ ވިދާޅުވީ، ތިލަ ފަތެއްގެ ބޮޑު ޑްރޯން ޕްރޮގްރާމެއް ތަންފީޒުކުރެވިއްޖެ ނަމަ، ޔޫކްރެއިނާއި ގަލްފު ސަރަހައްދުގެ ބައިވެރިންނަށްވެސް ފައިދާ ކުރާނެ ކަމަށެވެ.
ޖަރުމަނުގެ ނޫސްވެރިޔާ ގޯޑަން ރެޕިންސްކީ ކުރިއަށް ގެންދެވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން ޒެލެންސްކީ ވިދާޅުވީ، ޔޫކްރެއިން ބޭނުންވަނީ ވައިޓް ހައުސްގެ ރުހުމާ އެކު، ޑްރޯން ދާއިރާގައި ފުޅާ ދާއިރާއެއްގައި ޢަމަލުކުރެވޭ ގިނަ ފަރާތްތަކެއް ހިމެނޭ ގޮތަށް ބޮޑު ޕާޓްނަރޝިޕެއް ޤާއިމުކުރުމަށް ކަމަށެވެ. ރިޕޯޓްތައް ބުނާ ގޮތުގައި، ހަމަ މިފަދަ ހުށަހެޅުމެއް ވޭތުވެދިޔަ އަހަރު ވެސް ހުށަހަޅާފައިވީ ނަމަވެސް، ވައިޓް ހައުސް ވަނީ ދެކޮޅު ހައްދަވާފައެވެ.
ޒެލެންސްކީ ތަފްސީލު ކޮށްދެއްވި ގޮތުގައި، ހުށަހަޅުއްވާ އެއްބަސްވުމުގެ ދަށުން ތަފާތު ވައްތަރުގެ ޑްރޯންތަކާއި ވައިގެ ދިފާއީ ނިޒާމުތައް ހިމެނޭ ގޮތަށް، ގުޅިފައިވާ ދިފާއީ ނިޒާމެއް ބިނާ ކުރެވިގެންދާނެ ކަމަށެވެ.
ދެ ފަރާތުގެ ދެމެދުގައި ރަސްމީ ސޮއިކުރުން ހިންގިފައި ނެތްކަން ފާހަގަ ކުރައްވަމުން ޒެލެންސްކީ ވިދާޅުވީ، ހުޅަނގު ދިފާއީ ބައިވެރިންނަށް ކުރިމަތިވަމުންދާ ހަގީގީ ނުރައްކާތަކަށް ރިޢާޔަތްކޮށް، ވައިޓް ހައުސް ގެ ވިސްނުން ބަދަލުވެ، ހުށަހެޅިފައިވާ ޕާޓްނަރޝިޕަށް ތާއީދު ލިބިދާނެ ކަމަށް ދެކިލައްވާ ކަމަށެވެ.
މި އެއްބަސްވުމުގެ ނަތީޖާއެއްގެ ގޮތުން، ޔޫކްރެއިނާއި އެ ސަރަހައްދުގައި ހަރަކާތްތެރިވާ އެމެރިކާގެ ބައިވެރިންނަށް އީރާނުން ކުރިމަތިކުރާ ނުރައްކާތަކުން ރައްކާތެރިވުމަށް އެދެވޭ ފަސޭހަތަކެއް ލިބިގެންދާނެ ކަމުގައި ޔޫކްރެއިންގެ ރައީސް ވިދާޅުވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ސަފީރު އަބްދުއްރަހީމް ތުރުކީގެ ގާނޫނު ހަދާ މަޖިލީހުގެ ފޮރިން އެފެއާޒް ކޮމިޓީގެ މުގައްރިރާއި ބައްދަލުކުރައްވައިފި
ގަޑިއިރެއް ކުރިން

އަޅުކަން ކުރުމަކީ، ހަމައެކަނި ވަކި މޫސުމަކާ ގުޅިފައި އޮންނަންވާނެ ކަމެއް ނޫން: ހުކުރު ހުތުބާ
ގަޑިއިރެއް ކުރިން

މާފަންނު ގެއަކުން މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
ގަޑިއިރެއް ކުރިން

ހަނގުރާމައާއި ގުޅިގެން ރާއްޖެ ބަނޑަކަށް ނުޖެހޭނެ: މިނިސްޓަރ ސައީދު
2 ގަޑިއިރު ކުރިން


.gif&w=3840&q=75)