
މާފަންނު ގެއަކުން މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

މުޙައްމަދު ފަޟްލޫން - 13 މާރިޗު 2026 - 10:28
މާފަންނު ގެއަކުން މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
މާފަންނު ދަކަނދާ މަގުގައި ހުންނަ ގެއެއްގައި މީހަކު މަރުވެފައި އޮއްވައި ފެނުނު މައްސަލައެއް މިއަދު މެންދުރުފަހު 1:01 ހާއިރު ރިފޯޓްކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މަރުވެފައި އޮއްވައި ފެނިފައިވަނީ ތޯތާޕަރީ / ސ. ހުޅުދޫ، މުހައްމަދު ނިޒާރު އެވެ.
ފުލުހުން ބުނީ މުހައްމަދު ނިޒާރު މަރުވުމުގައި އެހެން މީހެއްގެ ބައިވެރިވުމެއް އޮތްކަމަށް ނުވަތަ ކުށުގެ ތުހުމަތެއް ކުރެވޭ ފަދަ ކަމެއް މިހާތަނަށް ތަހުގީގަށް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ސަފީރު އަބްދުއްރަހީމް ތުރުކީގެ ގާނޫނު ހަދާ މަޖިލީހުގެ ފޮރިން އެފެއާޒް ކޮމިޓީގެ މުގައްރިރާއި ބައްދަލުކުރައްވައިފި
2 ގަޑިއިރު ކުރިން

އަޅުކަން ކުރުމަކީ، ހަމައެކަނި ވަކި މޫސުމަކާ ގުޅިފައި އޮންނަންވާނެ ކަމެއް ނޫން: ހުކުރު ހުތުބާ
2 ގަޑިއިރު ކުރިން

ހަނގުރާމައާއި ގުޅިގެން ރާއްޖެ ބަނޑަކަށް ނުޖެހޭނެ: މިނިސްޓަރ ސައީދު
3 ގަޑިއިރު ކުރިން

ހަނގުރާމަ ފިނިކުރަން އެމެރިކާ އާއި އެކު އެއްބަސްވުމެއް ހަދަން ޒެލަނަސްކީ ގޮވާލައިފި
3 ގަޑިއިރު ކުރިން


.gif&w=3840&q=75)