
އަޅުކަން ކުރުމަކީ، ހަމައެކަނި ވަކި މޫސުމަކާ ގުޅިފައި އޮންނަންވާނެ ކަމެއް ނޫން: ހުކުރު ހުތުބާ

މުޙައްމަދު ފަޟްލޫން - 13 މާރިޗު 2026 - 10:29
އަޅުކަން ކުރުމަކީ، ހަމައެކަނި ވަކި މޫސުމަކާ ގުޅިފައި އޮންނަންވާނެ ކަމެއް ނޫން ކަމަށާއި ރޯދަމަސް ނިމުނަސް ހެޔޮ އަމަލުކުރުން މަތީ ދެމިތިބުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.
ރަމަޟާން މަސް އަހަރެމެންނާ އަލްވަދާއު ކީ ނަމަވެސް، ހެޔޮ އަމަލުކުރުމަކަށް ނިމުމެއް ނާންނާނެ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
އަހަރެމެންނަށް އޮތީ ހެޔޮ އަމަލުކުރުންމަތީ ދެމިތިބުން ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
ޔަގީންވެގެންވާ މަރު އަހަރެމެންނާ ބައްދަލުކޮށްފުމަށްދާންދެން ހެޔޮ އަމަލު ކުރުން މަތީގައި ދެމިތިބުމަށް ހުކުރު ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.
އަޅުކަންކުރުމަކީ، މާތް ﷲ އަހަރެމެން ހައްލުކުރައްވައި، އަހަރެމެންގެ މައްޗަށް ވާޖިބުކުރައްވައިފައިވާ ކަމެއްް ކަމަށް ހުތުބާގައި ފާހަގަކޮށްފައިވެއެވެ.
ގިނަގިނައިން ތައުބާވެ، މާތް ﷲ އަށް އިސްތިޣުފާރު ކުރުމަށް ހުތުބާގައި މުސްލިމުތަކުންނަށް ނަސޭހަތް ތެރިވެފައިވެއެވެ.
އިސްތިޣުފާރު ކުރުމަކީ، ﷲ ގެ ހަޒްރަތުގައި ފާފަފުއްސެވުމަށް އެދި ދެންނެވުން ކަމަށެވެ. އެކަލާނގެއީ ތައުބާވާ މީހުންގެ ތައުބާ ގަބޫލުކުރައްވާ ފާފަފުއްސަވާ ރަސްކަލާނގެ ކަމަށާއި އެކަލާނގެއީ ކޯފާއަށް ވުރެ ރަހުމަތް ތަނަވަސް، އެކަލާނގެ ޒާތުފުޅަށް ރަޙުމަތް ލާޒިމުކުރައްވައިފައިވާ ރަސްކަލާނގެ ކަމަށް ހުތުބާގައި ވެއެވެ.
ކުރިން ކުރެވިފައިވާ އަޅުކަންތަކަކީ، ގިނަގުނަ ހެޔޮ އަމަލުތަކެއްކަމުގައި، އަހަރެމެން ދެކިގެންނުގަތުމަށް ހުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ.
އެހެނީ ކުރެވުނު ހެޔޮ އަމަލުތަކަށް ޓަކައި އަމިއްލަ ނަފުސަށް ބޮޑާވެ، ފަހުރުވެރިވެ، އެއީ މާގިނަ ހެޔޮ އަމަލުތަކެއްކަމުގައި ދެކޭނަމަ އެ އަމަލުތައް ބާތިލުވެދާނެ ކަމަށް ހުކުރު ހުތުބާގައި ވަނީ ބުނެފައެވެ.
ހެޔޮ ކަމެއް ކުރެވިއްޖެ ނަމަ އެ ހެޔޮކަމެއް ކުރެވުމުން، އޭގެ ފަހުގައި އެ އަމަލުތައްކުރުން މަތީގައި ދެމިތިބޭން ޖެހޭ ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

މައްކާގެ ދިފާޢީ އެއްބަސްވުން ތުރުކީވިލާތުގެ ގާނޫނުހަދާ މަޖިލީހުން ފާސްކޮށްފި
5 ގަޑިއިރު ކުރިން

ކުރިއަށް އޮތް 5 ދުވަހު ވިއްސާރަ ވެހޭނެ ކަމަށް ލަފާކޮށްފި
5 ގަޑިއިރު ކުރިން

ރަސްމާލޭގައި ރާ ވިއްކުމާ ގުޅޭގޮތުން ރައީސާއި ބަންޑާރަ ނައިބުގެ ހިޔާލު ތަފާތުވެއްޖެ
5 ގަޑިއިރު ކުރިން

ސިއްހީ ދާއިރާގެ މަތީ އެވޯޑެއް ރާއްޖެ ހޯދައިފި
5 ގަޑިއިރު ކުރިން


