logo
މައްކާގެ ދިފާޢީ އެއްބަސްވުން ތުރުކީވިލާތުގެ ގާނޫނުހަދާ މަޖިލީހުން ފާސްކުރުން

މައްކާގެ ދިފާޢީ އެއްބަސްވުން ތުރުކީވިލާތުގެ ގާނޫނުހަދާ މަޖިލީހުން ފާސްކުރުން

މައްކާގެ ދިފާޢީ އެއްބަސްވުން ތުރުކީވިލާތުގެ ގާނޫނުހަދާ މަޖިލީހުން ފާސްކޮށްފި

profile

މުޙައްމަދު ފަޟްލޫން - 06 ނޮވެމްބަރު 2026 - 11:24

ސައޫދީ ޢަރަބިއްޔާއާއި ޕާކިސްތާނާއެކު ވެފައިވާ ތާރީހީ ދިފާއީ އެއްބަސްވުން، ތުރުކީވިލާތުގެ ގާނޫނުހަދާ މަޖިލީހުން ރަސްމީކޮށް ފާސްކޮށްފިއެވެ.

https://wamco.com.mv/

މި އެއްބަސްވުމުގެ ދަށުން، މިއިން ގައުމަކަށް ދެވޭ ކޮންމެ ހަމަލާއަކުން ދިފާޢުވުމަށްޓަކައި، ނޭޓޯގެ ދެވަނައަށް އެންމެ ބޮޑު އަސްކަރިއްޔާ އޮންނަ ތުރުކީވިލާތުން އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުން ލާޒިމުވެގެންދެއެވެ.

މި އެއްބަސްވުމުގައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންއާއި، ސައޫދީ ވަލީޢަހުދު މުހައްމަދު ބިން ސަލްމާން އަދި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ސޮއިކުރައްވާފައިވަނީ މިއަހަރުގެ އޮގަސްޓް މަހުގެ 7 ވަނަ ދުވަހު މައްކާގައެވެ.

ތުރުކީގެ ގާނޫނުހަދާ މަޖިލީހުގައި ކުރިއަށްދިޔަ ބަހުސަށްފަހު ނެގުނު ވޯޓުގައި، މި އެއްބަސްވުން ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 398 މެންބަރުންގެ ތެރެއިން 279 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި އެއްބަސްވުމާ ދެކޮޅަށް ވޯޓު ދެއްވީ 119 މެންބަރުންނެވެ.

ޖުމްލަ 16 މާއްދާގެ މައްޗަށް އެކުލެވިގެންވާ މި އެއްބަސްވުމުގެ އެންމެ މުހިއްމު އަސާސަކީ، އެއް ގައުމަކަށް ދެވޭ ހަމަލާއަކީ ހުރިހާ ޤައުމަކަށް ދެވޭ ހަމަލާއެއްގެ ގޮތުގައި ބެލުމެވެ.

މިއީ ނޭޓޯ މުޢާހަދާގެ 5 ވަނަ މާއްދާއާ އެއްފަދަ އުސޫލެކެވެ.

އެއްބަސްވުމުގެ ފުރަތަމަ މާއްދާގައި ބަޔާންކޮށްފައިވަނީ، މެންބަރު ޤައުމުތަކުގެ ސަރަޙައްދީ ރައްކާތެރިކަމަށް ކުރިމަތިވާ ކޮންމެ ނުރައްކަލެއް ނައްތާލުމަށްޓަކައި އެޅެންހުރި އެންމެހައި ފިޔަވަޅުތަކެއް އަޅަންވާނެ ކަމަށެވެ. އަދި ދެވަނަ މާއްދާގައި ބަޔާންކުރަނީ، މެންބަރު ޤައުމަކަށް އަސްކަރީ ހަމަލާއެއް އަމާޒުވެއްޖެ ހިނދެއްގައި، އަނެއް ޤައުމުތަކުން ވަގުތުން ފުރިހަމަ އަސްކަރީ އެހީތެރިކަން ފޯރުކޮށްދޭންޖެހޭނެ ކަމަށެވެ.

މީގެއިތުރުން، ދިފާޢީ އުފެއްދުންތެރިކަން ކުރިއެރުވުމާއި، ގުޅިފައިވާ އަސްކަރީ ތަމްރީނުތައް ބޭއްވުމުގެ އިތުރުން، ޓެކްނޮލޮޖީއާއި ޖާސޫސީ މަޢުލޫމާތު ހިއްސާކުރުންވެސް މި އެއްބަސްވުމުގައި ހިމެނެއެވެ.

ދިހަ އަހަރުގެ މުއްދަތަށް އެކުލަވާލެވިފައިވާ މި އެއްބަސްވުމުގައި، ބައިވެރިވާ ޤައުމުތަކުގެ އިއްތިފާގާއެކު އިތުރު ޤައުމުތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވިފައިވާއިރު، ސޫރިޔާއިން މިހާރުވެސް ވަނީ މި އިއްތިހާދާ ގުޅުމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ.

https://wamco.com.mv/
tel:+9607331319