
ސިއްހީ ދާއިރާގެ މަތީ އެވޯޑެއް ރާއްޖެއިން ހޯދުން
ސިއްހީ ދާއިރާގެ މަތީ އެވޯޑެއް ރާއްޖެ ހޯދައިފި

މުޙައްމަދު ފަޟްލޫން - 06 ނޮވެމްބަރު 2026 - 11:22
އޭޝިއާ ޕެސިފިކް އެކްޝަން އެލަޔަންސް އޮން ހިއުމަން ރިސޯސަސް ފޯ ހެލްތު (އޭއޭއޭއެޗް) ގެ ޝަރަފުވެރި އެވޯޑު، ހެލްތު މިނިސްޓްރީ އަށް ލިބިއްޖެއެވެ.
މި އެވޯޑަކީ، ރާއްޖޭގައި ހުންނަ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) ގެ އޮފީހާ ގުޅިގެން ސިއްހީ ވުޒާރާގެ ޕްރައިމަރީ ހެލްތު ކެއާ ރިވައިޓަލައިޒޭޝަން ޓީމުން ކޮށްފައިވާ އަގުހުރި މަސައްކަތްތައް ބަލައިގަނެ، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދެއްވި އެވޯޑެކެވެ.
މި އެވޯޑު ރާއްޖެއަށް އަރުވާފައިވަނީ އިންޑޮނޭޝިއާގެ ބާލީގައި ބޭއްވުނު އޭޝިއާ ޕެސިފިކް އެލަޔަންސް އޮން ހިއުމަން ރިސޯސަސް ފޯ ހެލްތުގެ 14 ވަނަ ކޮންފަރެންސްގައެވެ.
މިއީ ޕްރައިމަރީ ހެލްތު ކެއާއާއި އާންމު ސިއްހަތުގެ ދާއިރާއިން ރާއްޖެއިން ހޯދަމުންދާ ފާހަގަކޮށްލެވޭ ކުރިއެރުންތަކަށް ބައިނަލްއަގުވާމީ ފެންވަރުގައި ލިބިގެންދިޔަ މަތިވެރި ޝަރަފެކެވެ.
މިނިސްޓްރީ އޮފް ހެލްތުން ވިދާޅުވި ގޮތުގައި، މި ކާމިޔާބީއަކީ މުޅި ރާއްޖޭގައި އަސާސީ ސިއްހީ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، އެންމެންނަށް ފުރިހަމަ ސިއްހީ ހިދުމަތް ކަށަވަރުކޮށްދިނުމަށް (ޔުނިވާސަލް ހެލްތު ކަވަރޭޖް) އެ ވުޒާރާއިން ކުރަމުންދާ ދުރުރާސްތާ މަސައްކަތްތަކަށް ލިބުނު މުހިންމު ކުރިއެރުމެކެވެ.
ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ މި ކޮންފަރެންސްގައި މައިގަނޑު ތިން ދާއިރާއަކުން އެވޯޑު ދީފައިވާއިރު، ރާއްޖެއަށް މި އެވޯޑު ހާސިލުކުރެވުނީ 'ޕްރައިމަރީ ހެލްތު ކެއާ ޓީމު' ކެޓަގަރީންނެވެ. ދެން މި ކޮންފަރެންސްގައި އެވޯޑު ދީފައިވާ ދެ ދާއިރާއަކީ 'ހެލްތު ޕްރޮފެޝަން އެޑިއުކޭޝަން' އަދި 'ހެލްތު ވޯކާ ވެލްބީންގް' އެވެ.
ގުޅުން ހުރި ޙަބަރުތައް

މައްކާގެ ދިފާޢީ އެއްބަސްވުން ތުރުކީވިލާތުގެ ގާނޫނުހަދާ މަޖިލީހުން ފާސްކޮށްފި
5 ގަޑިއިރު ކުރިން

ކުރިއަށް އޮތް 5 ދުވަހު ވިއްސާރަ ވެހޭނެ ކަމަށް ލަފާކޮށްފި
5 ގަޑިއިރު ކުރިން

ރަސްމާލޭގައި ރާ ވިއްކުމާ ގުޅޭގޮތުން ރައީސާއި ބަންޑާރަ ނައިބުގެ ހިޔާލު ތަފާތުވެއްޖެ
5 ގަޑިއިރު ކުރިން

ސަބްސިޑީ ހަރަދު ބަޖެޓަށްވުރެ %49 އިތުރުވެއްޖެ
5 ގަޑިއިރު ކުރިން


