logo
ފިނޭންސް މިނިސްޓްރީ

ފިނޭންސް މިނިސްޓްރީ

ސަބްސިޑީ ހަރަދު ބަޖެޓަށްވުރެ %49 އިތުރުވެއްޖެ

profile

މުޙައްމަދު ފަޟްލޫން - 06 ނޮވެމްބަރު 2026 - 11:21

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލުތަކާ ގުޅިގެން، މިއަހަރުގެ ދައުލަތުގެ ބަޖެޓުން ސަބްސިޑީއަށް ހޭދަކުރާނެ ކަމަށް ލަފާކުރި އަދަދަށްވުރެ 49.2 އިންސައްތަ އިތުރަށް ހަރަދުވެފައިވާ ކަމަށް މާލީ ވުޒާރާގެ ހިސާބުތަކުން ދައްކައިފިއެވެ.

https://wamco.com.mv/

މި ހޭދަ މިހާ ބޮޑަށް އިތުރުވެފައިވަނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ހަކަތައިގެ ބާވަތްތަކުގެ އަގު އުފުލި، ކަރަންޓާއި ތެލުގެ ސަބްސިޑީއަށް ދައުލަތުން ކުރަންޖެހުނު ހޭދަ އެތައް ގުނައެއް މައްޗަށް ދިއުމުގެ ސަބަބުންނެވެ.

މާލީ ވުޒާރާއިން އާންމުކޮށްފައިވާ ދައުލަތުގެ އާމްދަނީއާއި ހަރަދުގެ ހަފުތާ ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން އޮކްޓޯބަރު މަހުގެ 29 ގެ ނިޔަލަށް ސަބްސިޑީތަކަށް ވަނީ ޖުމްލަ 4.31 ބިލިއަން ރުފިޔާ ހޭދަކޮށްފައެވެ.

މިއީ މިއަހަރަށް ފާސްކުރި ބަޖެޓުގައި މި ދާއިރާއަށް ކަނޑައެޅި 2.89 ބިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެކެވެ.

ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ސަބްސިޑީއަށް ހޭދަވި 2.7 ބިލިއަން ރުފިޔާއާ އަޅާބަލާއިރު މިއީ 56.04 އިންސައްތައިގެ އިތުރުވުމެކެވެ.

ސަބްސިޑީގެ އިތުރުން، އިޖުތިމާއީ ރައްކާތެރިކަމާއި ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގެ ދާއިރާއިން ވެސް މުހިންމު ހަރަދުތަކެއް ވަނީ ކޮށްފައެވެ. އެގޮތުން، ދައުލަތުގެ ސިއްހީ އިންޝުއަރެންސް ނިޒާމު، އާސަންދައަށް ކުރި ހޭދަ ވަނީ 1.96 ބިލިއަން ރުފިޔާއަށް އަރާފައެވެ.

މިއީ ވޭތުވެދިޔަ އަހަރުގެ އެ މުއްދަތުގައި ހޭދަވި 1.75 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 11.9 އިންސައްތައިގެ ކުރިއެރުމެކެވެ.

މީގެއިތުރުން، ލޯކަލް ކައުންސިލްތަކުގެ އިދާރީ ހިންގުމަށް ސަރުކާރުން ދޫކުރާ ހިލޭ އެހީ ނުވަތަ ބްލޮކް ގްރާންޓުގެ ގޮތުގައި އޮކްޓޯބަރުގެ ނިޔަލަށް 2.08 ބިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މިއީ ވޭތުވެދިޔަ އަހަރު ކައުންސިލްތަކަށް ދޫކުރި 1.79 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 11.9 އިންސައްތަ އިތުރު އަދަދެކެވެ.

https://wamco.com.mv/
tel:+9607331319