
އިތުރު މަންޒިލްތަކުގެ ފްލައިޓްތައް ރާއްޖެ ގެންނަނީ

މުޙައްމަދު ފަޟްލޫން - 13 މާރިޗު 2026 - 08:23
ރާއްޖެއަށް ފަތުރުވެރިން ގެންނަ ރޫޓްތަކުގައި ހިމެނޭ ފްލައިޓްތަކުގެ ތިރީސް އިންސައްތަ ގެއްލިފައިވާތީ، އެ ދަތިކަން ފޫބެއްދުމުގެ ގޮތުން އިންޑިއާ، ޗައިނާ، އަދި ރަޝިއާ މާކެޓްތަކުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތައް ކުޑަކޮށް، ދިމާވެދާނެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ތޯރިގު ވިދާޅުވީ، ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަމުން ލިބޭ ނަފާ ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށެވެ. އެހެންކަމުން ލިބިފައިވާ ގެއްލުން ފޫބެއްދުމަށްޓަކައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކޮށް، ބައިނަލްއަގްވާމީ ބާޒާރުތަކުގައި ރާއްޖެ ހާމަކޮށް ދެއްކުމަށް ހަރަކާތްތެރި ފިޔަވަޅުތަކެއް ސަރުކާރުން ކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ، ރަޝިއާގެ އެއިރޯފްލޮޓް އަދި އިންޑިއާގެ އެއާ އިންޑިއާ ވަނީ ކުރިން ކަނޑައަޅާފައިވާ ދަތުރުތަކަށްވުރެ ދެ ގުނަ ދަތުރު ރާއްޖެއަށް ކުރާނެ ކަމުގެ ޔަގީންކަން ރަސްމީ ގޮތެއްގައި ދީފައި ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ސަފީރު އަބްދުއްރަހީމް ތުރުކީގެ ގާނޫނު ހަދާ މަޖިލީހުގެ ފޮރިން އެފެއާޒް ކޮމިޓީގެ މުގައްރިރާއި ބައްދަލުކުރައްވައިފި
21 މިނިޓު ކުރިން

އަޅުކަން ކުރުމަކީ، ހަމައެކަނި ވަކި މޫސުމަކާ ގުޅިފައި އޮންނަންވާނެ ކަމެއް ނޫން: ހުކުރު ހުތުބާ
21 މިނިޓު ކުރިން

މާފަންނު ގެއަކުން މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
22 މިނިޓު ކުރިން

ހަނގުރާމައާއި ގުޅިގެން ރާއްޖެ ބަނޑަކަށް ނުޖެހޭނެ: މިނިސްޓަރ ސައީދު
ގަޑިއިރެއް ކުރިން


.gif&w=3840&q=75)