
ޕީއެންސީން މާލޭގައި މިއަދު ސައިކަލް ބުރެއް ބާއްވަނީ

މުޙައްމަދު ފަޟްލޫން - 13 މާރިޗު 2026 - 08:22
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރަމުން އަންނަ ކެމްޕޭން ހަރަކާތްތަކުގެ ދަށުން ޕީއެންސީން މިއަދު މާލޭގައި ސައިކަލް ބުރެއް ބާއްވަން ނިންމައިފި އެވެ.
މިއަދު ހަވީރު 4:00 ގައި އެ ސައިކަލް ބުރު ފަށާނީ މޭރީ ބްރައުން ކުރިމަތިން ކަމަށާއި މި ސައިކަލު ބުރުގައި ޕީއެންސީގެ ވީހާ ވެސް ގިނަ ބަޔަކު ސައިކަލް ބުރުގައި ބައިވެރިވާން އެޕާޓީ އިން ދައުވަތު އަރުވާފައިވެއެވެ.
ޕީއެންސީ އިން ދަނީ ލޯކަލް ކައުންސިލްގެ ކެމްޕޭން ހަރަކާތްތައް ފޯރީގައި މާލެ އާއި ރަށްރަށުގައި ކުރިއަށް ގެންދަމުންނެވެ. އެގޮތުން ދޮރުން ދޮރަށް ހިނގުމާއި ޖަގަހަތައް ހުޅުވުމުގެ އިތުރުން ސައިކަލު ބުރުތަކާއި ރެލީތައް ދަނީ ބާއްވަމުންނެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން ރިޔާސީ އިންތިހާއި މަޖިލިސް އިންތިހާބު އެކީގައި ބާއްވަން ފެނޭތޯ ނަގާ ވޯޓް އޮންނާނީ އަންނަ މަހުގެ 4 ގައެވެ.
ގުޅުން ހުރި ޙަބަރުތައް

ސަފީރު އަބްދުއްރަހީމް ތުރުކީގެ ގާނޫނު ހަދާ މަޖިލީހުގެ ފޮރިން އެފެއާޒް ކޮމިޓީގެ މުގައްރިރާއި ބައްދަލުކުރައްވައިފި
20 މިނިޓު ކުރިން

އަޅުކަން ކުރުމަކީ، ހަމައެކަނި ވަކި މޫސުމަކާ ގުޅިފައި އޮންނަންވާނެ ކަމެއް ނޫން: ހުކުރު ހުތުބާ
21 މިނިޓު ކުރިން

މާފަންނު ގެއަކުން މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
21 މިނިޓު ކުރިން

ހަނގުރާމައާއި ގުޅިގެން ރާއްޖެ ބަނޑަކަށް ނުޖެހޭނެ: މިނިސްޓަރ ސައީދު
ގަޑިއިރެއް ކުރިން


.gif&w=3840&q=75)