logo
އަސްލުޓީވީގެ އަހަރީ ބޮޑު އިނާމުގެ ފުރަތަމަ ހަފްތާގެ ނަސީބުވެރި ފަރާތައް ހަދިޔާ ހަވާލުކުރުން: ފޮޓޯ އަސްލު ޓީވީ

އަސްލުޓީވީގެ އަހަރީ ބޮޑު އިނާމުގެ ފުރަތަމަ ހަފްތާގެ ނަސީބުވެރި ފަރާތައް ހަދިޔާ ހަވާލުކުރުން: ފޮޓޯ އަސްލު ޓީވީ

އަސްލު ޓީވީ "އަހަރީ ބޮޑު އިނާމު" ގެ ފުރަތަމަ ހަފްތާގެ ނަސީބުވެރިޔާ ހޮވައިފި

profile

ރިޟްވާން މޫސާ - 02 ފެބްރުއަރީ 2026 - 18:39

އަސްލު ޓީވީ "އަހަރީ ބޮޑު އިނާމު" ގެ ފުރަތަމަ ހަފްތާގެ ނަސީބުވެރިޔާ ހޮވައިފި އެވެ.

https://wamco.com.mv/

އަސްލު ޓީވީ އަހަރީ ބޮޑު އިނާމަކީ އަސްލު ޓީވީން ކޮންމެ ހަފްތާއަކުވެސަް ގެނެސްދެމުން އަންނަ ސުވާލެކެވެ.

ކޮންމެ ހަފްތާއެއްގެ ސުވާލަށް ރަނގަޅު ޖަވާބު ދިމާ ކުރައްވާ ފަރާތްތަކުގެ މެދުގައި ގުރުއަތުން ހޮވޭ ފަރާތަކަށް ވަނީ އަގުހުރި އިނާމު ތަކެއް ކަނޑައެޅިފަ އެވެ.

މި ހަފްތާގެ ސުވާލުގެ ރަގަޅު ޖަވާބު ދިމާ ކުރައްވައިގެން ގުރުއަތުން ހޮވިފައި ވަނީ ހދ.މަކުނުދޫ ފޭރުގަސްދޮށުގެ ރުޝްދީ އަބޫބަކުރެވެ.

ރުޝްދީގެ ބަދަލުގައި މި އިނާމާއި އޭނާގެ ފަރާތުން ހަވާލުވެފައި ވަނީ ހދ.ކުރިނބި ޖަވާހިރުމާގެ އަބުދުﷲ ފަވާޒެވެ.

ނަސީބުވެރި ފަރާތް ހޮވުމުގައި ގުރުއަތުލުން ކުރިއަށް ގެންގޮސްފައި ވަނީ މިރޭ 22:15 ގައި އަސްލު ޓީވީގެ ސްޓޫޑިއޯގަ އެވެ.

ފުރަތަމަ ސުވާލުގެ ޖަވާބު ހުށަހެޅުމުގެ ސުންގަޑި ނިމި އިނާމު މިރޭ ހަވާލުކޮށްފައިވާއިރު މިހާރު ވަނީ ހަފްތާގެ ދެވަނަ ސުވާލު ބެލުންތެރިންނަށް ދޫކޮށްލާފަ އެވެ.

އަސްލު ޓީވީގެ އަހަރީ ބޮޑު އިނާމުގެ ހަފްތާގެ ސުވާލު ތަކާއި، ސުންގަނޑި ހަމަވުމުން އެސ ުވާލުތަކުގެ ޖަވާބު އަދި ކޮންމެ ހަފްތާއަކުވެސް ހޮވޭ ނަސީބުވެރި ފަރާތެއް އަސްލުޓީވީން އަދި އަސްލު ޓީވީގެ ފޭސްބްކް،އިންސްޓަރގްރާމް،ޓިކްޓޮކް އިން ފެންނަން ހުންނާނެ އެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay