logo

ޗާގޯސް ރާއްޖެއަށް ދީފިނަމަ ޑިއޭގޯ ގާސިއާއާ މެދު އެމެރިކާ ކަންބޮޑުވާން ނުޖެހޭނެ: ރައީސް މުއިއްޒު

profile

ރިޟްވާން މޫސާ - 02 ފެބްރުއަރީ 2026 - 13:25

ޗާގޯސް ރާއްޖެއަށް ދީފިނަމަ ޑިއޭގޯ ގާސިއާއި މެދު އެމެރިކާއިން ކަންބޮޑުވާން ނުޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ޗާގޯސް ނުވަތަ ދިވެހިންގެ މެދުގައި މަޝްހޫރު ފޯޅަވައްސަކީ ރާއްޖޭގެ ތަނެއް ކަމަށް މީގެ ކުރިން ވާހަކަ ދެކެވުނުކަމުގައި ވިނަމަވެސް މިހާރު އިނގިރޭސި ވިލާތުން ވަނީ ޗާގޯސް ދާދި ފަހަކުން މޮރިޝަސް އަށް ދިނުމަށް އެއްބަސްވެފަ އެވެ.

އެ ކަމުގެ މަޝްވަރާތައް މިހާރު ކުރިއަށް ގެންދާއިރު، ޗާގޯސްގެ އެންމެ ބޮޑު ރަށް ކަމަށްވާ، ޑިއޭގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ މަރުކަޒު ބޭއްވުމަށް އިނގިރޭސި ވިލާތުން ވަނީ ހުށަހަޅާފައިވެއެވެ. އެއީ އިނގިރޭސި ވިލާތުން އެމެރިކާ އަށް ކުއްޔަށް ދީފައިވާ ރަށެވެ.

"ނިއުސް ވީކް" އަސް ރައީސް މުއިއްޒި ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެމެރިކާގެ ރައީސް ޓްރަމްޕްގެ ކަންބޮޑުވުން އޮތީ މޮރިޝަސްގެ ސިޔާދަތީ ބާރުގެ ދަށަށް ޗާގޯސް ދިޔުމުން ޑިއޭގޯ ގާސިއާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވުމާއި މެދު ކަމަށް ދެނެވަޑައިގަންނަވާ ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖެއަކީ ދުވަހަކު ވެސް އެކަށީގެން ނުވާ މިންވަރަށް އާބާދީ އާއި ތަރައްގީ ގެނެސް، ހިމާޔަތްކުރަންޖެހޭ ސަރަހައްދުތަކަށް ބޭނުންވާ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށް ނުދޭނެ ބައެއް ނޫން ކަމަށެވެ.ފޯޅަވަހީގެ މައްސަލައަކީ ދިގު ތާރީހެއް އޮތް، އަދި ގިނަ ފަރާތްތަކެއްގެ މަސްލަހަތު ގުޅިފައިވާ މައްސަލައެކެވެ. 1965 ގައި އިނގިރޭސިވިލާތުން މި އަތޮޅު ވަކިކޮށް، ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީގެ ބައެއްގެ ގޮތުގައި ބަލަހައްޓަމުން އައި ނަމަވެސް، މޮރިޝަސްއިން ވަނީ އެ ސަރަހައްދުގެ މައްޗަށް ދައުވާކޮށް، 2019 ގައި ބައިނަލްއަގުވާމީ ކޯޓުގައި ކާމިޔާބު ހޯދައިފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay