
ލޯކަލް ގަވަރމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ވަހީދު: ފޮޓޯ އަސްލު ޓީވީ
ސަރުކާރުގެ ރޯދަ ހަދިޔާ: 5 މިނެޓުތެރޭ އަތަށް ލިބޭނެ!

ރިޟްވާން މޫސާ - 02 ފެބްރުއަރީ 2026 - 18:39
ސަރުކާރުގެ ރޯދަ ހަދިޔާ ބައްލަވައި ގަތުމަށް ވަޑައިގަންނަވާ ފަރާތްތަކަށް 5 މިނެޓުތެރޭ ހަދިޔާ އަތަށް ލިބޭނެ ކަމަށް ރޯދަ ހަދިޔާ ބެހުމުގައި ހަރަކާތްތެރިވާ ލޯކަލް ގަވަރމަންޓް މިނިސްޓްރީއިން ބުނެފިއެވެ.
ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން މިވަގުތު ދޫކުރަމުން ދަނީ ކޮންމެ ގޭބީސީ އަކަށް 48 ދަޅުގެ މަސް ކޭހެކެވެ.
ލޯކަލް ގަވަރމަންޓް މިނިސްޓްރީއިން ބުނީ ވޭތުވެދިޔަ 10 ވަރަކަށް ދުވަހުގެ ތެރޭގައި މާލޭ ސިޓީގައި އެކަނިވެސް 27000 އަށް ވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފައިވާ ކަމަށެވެ.
މިނިސްޓްރީން ބުނީ މަސްދަޅު ކޭސް ބައްލަވައި ގަތުމަށް އަންނަ ފަރާތްތަކަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސަވައިދީފައި ވާ ކަމަށެވެ. އެގޮތުން 5 މިނެޓެއްހާއިރު ތެރޭގައި ކޮންމެ ފަރާތަކަށްވެސް މަސްދަޅު ކޭސް ފޯރުކޮށް ދެއްވަމުން އަންނަ ކަމަށާއި، ކިއޫ ގައި މަދުކުރައްވަން ނުޖެހޭނެ ކަމަށެވެ.
"މި ފަހަރު މިކަމަށް ހަމަޖެއްސި އިންތިޒާމުތަކުގެ ދަށުން، ރޯދަ ހަދިޔާއާ ހަވާލުވާން އަންނަ ކޮންމެ ރައްޔިތަކަށް 5 ވަރަކަށް މިނިޓު ތެރޭ ހަދިޔާ ހަވާލުކުރާނެ. ކިޔޫގައި ގިނަ ވަގުތު މަޑުކުރާކަށް ނުޖެހޭނެ" މިނިސްތްރީން ބުންޏެވެ.
ލޯކަލް ގަވަރމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ވަހީދު ވިދާޅުވީ ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޭ މަސްދަޅު ކޭސް ބެހުމުގައި އާންމުންގެ ފަރާތުން ލިބެމުން ދަނީ ތައުރީފާއި، ޝުކުރު ކަމަށެވެ. އަދި މި ކަމުގައި އާންމުންގެ މެދުގައި މިހާތަނަކަށް އެއްވެސް ޝަކުވާއެއް ލިބިފައި ނުވާއިރު އާންމުންގެ ބޮޑު ތަރުހީބެއް މިކަމުން ލިބެމުން އަންނަ ކަމަށެވެ.
މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ދޫކުރުން ކުރިއަށްދަނީ ކޮންމެ ރެއަކު 8:30 އިން 11:00 އަށެވެ.
މިނިސްޓްރީން ބުނީ އަތޮޅުތެރޭގެ ރަށްތަކަށް މަސްދަޅު ކޭސްތައް ބެހުމުގައި އެ ރަށެއްގެ ރަށު ކައުންސިލް ތަކުން މަސައްކަތް ކުރައްވަމުން އަންނަ ކަމަށާއި، މިހާތަނަށް ހުރިހައި ރަށަކަށް ބޭނުންވާ މަސްދަޅު ކޭސްތައް އެރަށަކަށް ފޮނުވާފައިވާ ކަމަށެވެ.
ރޯދަމަހަށް ހާއްސަކޮށްގެން ގޭބިސީތަކަށް ބަހަނީ 48 ދަޅުގެ މަސްދަޅު ކޭހެވެ. މި އަހަރު 118673 މަސްދަޅު ކޭސް ރޯދަމަސް ފެށުމުގެ ކުރިންބަހައި ނިމޭނެކަމަށް ސަރުކާރު ވަނީ ބުނެފަ އެވެ. ރޯދަ ހަދިޔާ ބެހުމުގެ މި މަޝްރޫއަކީ ރައީސުލް ޖުމްހޫރިއްޔާގެ އިސް ނެންގެވުމަކާއެކު ކުރައްވަމުން އަންނަ މަސައްކަތެކެވެ.
ގުޅުން ހުރި ޙަބަރުތައް

އަސްލު ޓީވީ "އަހަރީ ބޮޑު އިނާމު" ގެ ފުރަތަމަ ހަފްތާގެ ނަސީބުވެރިޔާ ހޮވައިފި
2 ގަޑިއިރު ކުރިން

ކޭޕާކު މައްސަލަ: 4 މިލިއަން ރުފިޔާދޭން ކޯޓުން ހުކުމް ކޮށްފި!
7 ގަޑިއިރު ކުރިން

ބޮޑު ދެ އިންތިހާބު އެއްކޮށްލުމަކީ އެންމެ ފައިދާހުރި ގޮތް: ބަންޑާރަ ނައިބު
7 ގަޑިއިރު ކުރިން

ޗާގޯސް ރާއްޖެއަށް ދީފިނަމަ ޑިއޭގޯ ގާސިއާއާ މެދު އެމެރިކާ ކަންބޮޑުވާން ނުޖެހޭނެ: ރައީސް މުއިއްޒު
7 ގަޑިއިރު ކުރިން


