logo

ކޭޕާކު މައްސަލަ: 4 މިލިއަން ރުފިޔާދޭން ކޯޓުން ހުކުމް ކޮށްފި!

profile

ރިޟްވާން މޫސާ - 02 ފެބްރުއަރީ 2026 - 13:25

ކޭ.ޕާކް މައްސަލައިގައި ބަދަލު ހޯދުމަށް ކުރި ދަޢުވާއަކަށް ބޮޑު ބަދަލެއް ދޭން ކޯޓުން ހުކުމްކޮށްފިއެވެ.

https://wamco.com.mv/

މައްސަލައިގެ ދައުވާ އަކީ އެޕަރޓްމަންޓް ގަތުމަށްޓަކައި 11 މާރިޗު 2019ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން އެޕަރޓްމަންޓް ނިންމުމަށްފަހު ދަޢުވާ ކުރާ ފަރާތާއި ހަވާލުކުރުމަށާއި އެޕަރޓްމަންޓް ލިބެން ނެތް ނަމަ އެ ތަން ގަތުމަށް ޚަރަދުކުރި 4،150،000 (ހަތަރު މިލިޔަން އެއްލައްކަ ފަންސާސް ހާސް ރުފިޔާ) ހޯދުމަށާއި އެޕަރޓްމަންޓް ހަވާލު ނުކޮށް ހުރުމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި، 2019 ޖުލައި 29އިން ފެށިގެން ކޮންމެ މަހަކަށް 25،000 ރުފިޔާގެ މަގުން ދަޢުވާ ލިބޭ ފަރާތުގެ ކިބައިން ނަގައިދިނުމަށެވެ.

ކޭޕާކު ފުލެޓުތައް އަޅާ ހަމްބޯ ކޮމްޕެނީ އަށް މި ދައުވާ ރައްދުވާއިރު ޖުމްލަ 6.1 މިލިއަން ރުފިޔާ ހޯދަން ވަނީ ދައުވާ ކޮށްފަ އެވެ.

ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވަނީ ދަޢުވާގައި ބަޔާންކޮށްފައިވާ އެޕަރޓްމަންޓް ނިންމުމަށްފަހު 2026 ފެބުރުވަރީ މަހުގެ ނިޔަލަށް ފާތިމަތި މޫސާ މަނިކުއާ އެ އެޕަރޓްމަންޓް ޙަވާލުކުރުމަށް ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ވަނީ އަމުރުކޮށްފައެވެ.

ގެއްލުމުގެ ބަދަލުގައި 1.9 މިލިޔަން ރުފިޔާ، އެޕްރީލް މަހުގެ ނިޔަލަށް ސިވިލް ކޯޓަށް ދެއްކުމަށް ހަންބޯ ކުންފުންޏަށް ވަނީ އަންގާފައެވެ. މީގެއިތުރުން އެޕަރޓްމަންޓް ހަވާލުކުރުމާ ހަމައަށް ކޮންމެ މަހަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 25،000 ރުފިޔާގެ މަގުން 4.1 މިލިޔަން ރުފިޔާ ދެއްކުމަށް ވަނީ ހުކުމް ކޮށްފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay