logo

ބޮޑު ދެ އިންތިހާބު އެއްކޮށްލުމަކީ އެންމެ ފައިދާހުރި ގޮތް: ބަންޑާރަ ނައިބު

profile

ރިޟްވާން މޫސާ - 02 ފެބްރުއަރީ 2026 - 13:25

ރިޔާސީ އިންތިހާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބޭއްވުމަކީ ދަލަތަށް އެންމެ ފައިދާހުރި ގޮތް ކަމުގައި ބްނޑާރަނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ސިޔާސީ ޕާޓީތަކާ މަޝްވަރާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ބޭއްވި މި ބައްދަލުވުމަށް ސިޔާސީ ޕާޓީތަކުން ހާޒިރުވެފައިވާއިރު ބައްދަލުވުމުގެ ބަހުސް މަރުހަލާގެ ތެރެއިން އެމްޑީޕީން ވަނީ ބައްދަލުވުމުން އަމިއްލައަށް ބޭރުވެ ފައެވެ.

އެ ބައްދަލުވުމުގައި ބައިވެރިވި ސިޔާސީ ޕާޓީ ތަކަކީ:

  1. ޕީއެންސީގެ ފަރާތުން ލޯކަލް ގަވަރުމަންޓު އެންޑް ޕަބްލިކް ވާކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު، އަދި މުހައްމަދު ނިމާލް
  2. އެމްޑީޕީގެ ފަރާތުން ހިސާން ހަސަން އަނަސް އަބްދުއްސައްތާރު
  3. އަދާލަތު ޕާޓީގެ ފަރާތުންު ހަސަން ޒިނާހު އާއި އާދަމް މުހައްމަދު
  4. އެމްޑީއޭގެ ފަރާތުން މުހައްމަދު އުމަރު އަދި ހާމިދު އަހުމަދު
  5. ޕީއެންއެފްގެ ފަރާތުން އަލީ ޝާހު އަދި އާދަމް އާސިފް އެވެ.

އެ ބައްދަލުވުމުގައި ޕީއެންސީގެ ފަރާތުން އާދަމް ޝަރީފް ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލުމަކީ ރައްޔިތުންވެސް އެދޭ ކަމެއް ކަމަށާއި އެބަދަލުތައް ގެނެވިއްޖެނަމަ ހަރަދު ކުޑަވެ އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށެވެ. އެހެންކަމުން ޕީއެންސީން ވަނީ އެ ނިންމުމަށް ތާއީދުކުރައްވާކަން ހާމަކޮށްފައެވެ

މި ބައްދަލުވުމުގައި އުޝާމް ފާހަގަކުރެއްވި އެއް ކަމަކީ ދެ އިންތިޚާބު އެއްކޮށްލައިފިނަމަ ސަރުކާރު ޖަވާބުދާރީކުރުވަން ލިބޭ ފުރުސަތު ގެއްލުމެވެ. ނަމަވެސް އާ ސަރުކާރު ހަވާލުވުމަށްފަހު މަޖިލީހުގެ އިންތިޚާބާ ދެމެދު އޮންނަ މުއްދަތަކީ ސަރުކާރު ޖަވާބުދާރީކުރުވުމަށާއި ނަތީޖާ ވަޒަންކުރުމަށް އެކަށީގެންވާ ވަގުތެއްނޫންކަން އޭނާ ފާހަގަކުރެއްވިއެވެ.

މިހާރު އަމަލުކުރަމުންދާ ގޮތަށް އަލިއަޅުވާލައްވައި އުޝާމް ވިދާޅުވިގޮތުގައި، 2008ވަނަ އަހަރު އަމަލުކުރަން ފެށި ގާނޫނުއަސާސީ އެކުލަވާލީ ރިޔާސީ އިންތިޚާބާއި މަޖިލީހުގެ އިންތިޚާބާ ދެމެދު ހަ މަހުގެ މުއްދަތެއް އޮންނަ ގޮތަކަށް ނޫނެވެ.

އަދި މައި ދެ އިންތިޚާބު އެއްކޮށްލުމާ މެދު އާންމުންގެ ޚިޔާލު ހޯދާ ވޯޓު، ކައުންސިލު އިންތިޚާބު އޮންނަ ދުވަހު ނަގާނަމަ އިތުރަށް 20 މިލިއަން ރުފިޔާ ބޭނުންވާނެ ކަމަށާއި، ވަކިން ބާއްވާނަމަ އެ ވޯޓަށް 80 މިލިއަން ރުފިޔާ ޚަރަދުކުރަން ޖެހުން އެކަށީގެންވާ ކަމަށް

https://wamco.com.mv/
https://eportal.mwsc.com.mv/e-pay