logo

ދެ އިންތިހާބު އެއްކޮށް ބާއްވަން އެމްޑީޕީން ދެކޮޅު ހަދައިފި

profile

ރިޟްވާން މޫސާ - 02 ފެބްރުއަރީ 2026 - 13:25

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށްޓަކައި ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލާ ގުޅޭގޮތުން އެމްޑީޕީން ދެކޮޅު ހަދައިފި އެވެ.

https://wamco.com.mv/

ސިޔާސީ ޕާޓީތަކާ މަޝްވަރާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ބޭއްވި މި ބައްދަލުވުމަށް ސިޔާސީ ޕާޓީތަކުން ހާޒިރުވެފައިވާއިރު ބައްދަލުވުމުގެ ބަހުސް މަރުހަލާގެ ތެރެއިން އެމްޑީޕީން ވަނީ ބައްދަލުވުމުން އަމިއްލައަށް ބޭރުވެ ފައެވެ.

އެ ބައްދަލުވުމުގައި ބައިވެރިވި ސިޔާސީ ޕާޓީ ތަކަކީ:

  1. ޕީއެންސީގެ ފަރާތުން ލޯކަލް ގަވަރުމަންޓު އެންޑް ޕަބްލިކް ވާކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު، އަދި މުހައްމަދު ނިމާލް
  2. އެމްޑީޕީގެ ފަރާތުން ހިސާން ހަސަން އަނަސް އަބްދުއްސައްތާރު
  3. އަދާލަތު ޕާޓީގެ ފަރާތުންު ހަސަން ޒިނާހު އާއި އާދަމް މުހައްމަދު
  4. އެމްޑީއޭގެ ފަރާތުން މުހައްމަދު އުމަރު އަދި ހާމިދު އަހުމަދު
  5. ޕީއެންއެފްގެ ފަރާތުން އަލީ ޝާހު އަދި އާދަމް އާސިފް އެވެ.

އެ ބައްދަލުވުމުގައި ޕީއެންސީގެ ފަރާތުން އާދަމް ޝަރީފް ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލުމަކީ ރައްޔިތުންވެސް އެދޭ ކަމެއް ކަމަށާއި އެބަދަލުތައް ގެނެވިއްޖެނަމަ ހަރަދު ކުޑަވެ އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށެވެ. އެހެންކަމުން ޕީއެންސީން ވަނީ އެ ނިންމުމަށް ތާއީދުކުރައްވާކަން ހާމަކޮށްފައެވެ

މިނިސްޓަރ ވިދާޅުވީ އިންތިޚާބުތައް ބާއްވަން ޖެހުމުގެ ސަބަބުން އެކަށީގެންވާ ބާރުމިނުގައި ތަރައްޤީގެ ކަންކަންވެސް ކުރިއަށްނުދާ ކަމަށެވެ. އެއީ ރާއްޖޭގެ ވެރިކަން ކުރެއްވި ކޮންމެ ވެރިޔަކުވެސް ތަޖުރިބާކުރަން ޖެހިވަޑައިގަންނަވާ ކަންކަން ކަމަށް ވިދާވިއެވެ.

މި ސަރުކާރުން ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އަވަސް އަރުވާލައިގެން ގާނޫނުތައް އިސްލާހުކުރައްވަމުން ގެންދަވާ ކަމަށް ބުނެ އެމްޑީޕީން ވަނީ ސުވާލު އުފައްދާފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލިސް ރިސެސްގައި އޮތް ވަގުތެއްގައި ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވައި އަަވަސް އަރުވާލައިގެން އަދި އިންތިހާބުގެ ދުވަސްވަރެއްގައި މިފަދަ ކަމެއް ކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ވަނީ ވިދާޅުވެފައެވެ.

އަދި އެއީ ރައްޔިތުން އެންމެ ބޭނުންވާގޮތް ކަމެއް ކޮމިޓީގައި މަޝްވަރާކޮށްގެން ނޭގޭނެ ކަމަށާއި ގާނޫނު އަސާސީގައި އޮންނަ ގޮތުން ރައްޔިތުން ގާތަށް ގޮސް އެއީ ރައްޔިތުން އެދޭގޮތްތޯ ބަލައި އަހަން ޖެހޭ ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay