
ރަޝިޔާއިން ޔޫކްރެއިންގެ 12 މީހަކު މަރާލައިފި

ރިޟްވާން މޫސާ - 02 ފެބްރުއަރީ 2026 - 13:24
ރަޝިޔާއިން ޔޫކްރެއިން އަށް ދިން ޑްރޯން ހަމާލާއެއްގައި ޔޫކްރެއިންގެ 12 މީހަކު މަރާލައި 7 މީހަކު ޒަހަމް ކޮށްލައިފި އެވެ
ޔޫކްރެއިންގެ ދެކުނު އިރުމަތީ ސަރަޙައްދެއް ކަމަށްވާ ނިޕްރޮޕެޓްރޮވްސް އަށް އަމާޒުކޮށް ރަޝިޔާއިން ފޮނުވާލި މިހަމަލާ އަމާޒުވެފައިވަނީ ދަތުރުކުރަމުން ދިޔަ ބަހަކަށެވެ.
ޔޫކްރެއިނުން ބުނީ ބަހުގައި ދަތުރުކުރަމުން ދިޔައީ އެ ސަރަޙައްދުގެ މައިންއެއްގައި މަސައްކަތްކުރާ ބައެއް ކަމަށެވެ. މަރުވި އެންމެންނަކީ ވެސް އެއް ކުންފުންޏެއްގެ މުވައްޒަފުން ކަމަށް އެ ޤައުމުން ބުނެއެވެ.
ނިޕްރޮޕެޓްރޮވްސްކަށް ޙަމަލާ ދިނުމުގެ ކުރިން ޔޫކްރެއިންގެ ޒަޕޮރީޖާގައި ހުންނަ މާބަނޑު މީހުންގެ ހަސްފަތާލަކަށާއި މީހުން ދިރިއުޅޭ އިމާރާަތަކަށް ވެސް ރަޝިޔާއިން ޙަމަލާ ދީފައިވެއެވެ. އެ ޙަމަލާތަކުގައި ނުވަ މީހުންނަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވެއެވެ.
ރަޝިޔާ ޔޫކްރެއިން ހަމަލާ ތައް ދިނުން ހުއްޓައިލުމަށް ދެގައުމުގެ ދެމެދުގައި ވެސް ދަނީ މަޝްވަރާ ތައް ބޭއްވުމަށް ތައްޔާރު ވަމުންނެވެ.
ޔޫކްރެއިންއާއި ރަޝިޔާއާައި އެމެރިކާއިން ކުރަމުންދާ މަޝްވަރާތަކުގެ ދެވަނަ ބުރު އަންނަ ހަފްތާގައި އަބޫ ދާބީގައި ބޭއްވުމަށް ހަަމަޖެހިފައިވާ ކަމަށް ޔޫކްރެއިންގެ ރަޢީސް ވޮލޮޑޮމީރު ޒެލެންސްކީ ވަނީ އިއުލާނުވެސް ކުރައްވާފަ އެވެ.
ތިން ޤައުމުގެ ދެމެދުގައި މަޝްވަރާތަކުގެ ފުރަތަމަ ބުރު ބާއްވާފައި ވަނީ މިދިޔަ ޖަނަވަރީ މަހުގެ ފަހުކޮޅުގައެވެ. އެ މަޝްވަރާތަކުގައި ރަޝިޔާއިން ބާރުއަޅާފައި ވަނީ ޔޫކްރެެއިންގެ އިތުރު ބިންތައް ރަޝިޔާއަށް ދޫކޮށްލުމަށެވެ. ނަމަވެސް އެ ކަމަށް ޔޫކްރެއިނުން ދެކޮޅު ހަދައެވެ.
ގުޅުން ހުރި ޙަބަރުތައް

އަސްލު ޓީވީ "އަހަރީ ބޮޑު އިނާމު" ގެ ފުރަތަމަ ހަފްތާގެ ނަސީބުވެރިޔާ ހޮވައިފި
19 މިނިޓު ކުރިން

ސަރުކާރުގެ ރޯދަ ހަދިޔާ: 5 މިނެޓުތެރޭ އަތަށް ލިބޭނެ!
19 މިނިޓު ކުރިން

ކޭޕާކު މައްސަލަ: 4 މިލިއަން ރުފިޔާދޭން ކޯޓުން ހުކުމް ކޮށްފި!
6 ގަޑިއިރު ކުރިން

ބޮޑު ދެ އިންތިހާބު އެއްކޮށްލުމަކީ އެންމެ ފައިދާހުރި ގޮތް: ބަންޑާރަ ނައިބު
6 ގަޑިއިރު ކުރިން


