
ހޭންޑް ބޯޅައިގެ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ފާތިމަތު ޖުނާ

ރިޟްވާން މޫސާ - 16 ފެބްރުއަރީ 2026 - 13:46
ހޭންޑް ބޯޅައިގެ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ފާތިމަތު ޖުނާ ހޮވިއްޖެ އެވެ.
އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ނޮމިނޭޓުވެފައި ވަނީ ޔަޝްފާ އާދަމް، ފާތިމަތު ޖުނާ، ޒުލެއިޙާ އިބްރާހީމް އެވެ.
އެތްލެޓިކްސްގެ އަހަރުގެ އެންމެ މޮޅު އަންހެން އެޓްލީޓުންނަށް ވާދަކުރާ ފަރާތްތަކުގެ ތެރެއިން ނޮމިނޭޓުވެފައި ވަނީ ފަސުހާ އަޙްމަދު، އަމްނާ ނިޒާރު، އަދި އައިޝަތު ޝައިމް އަޒީޒް އެވެ. އަންހެން އެންމެ މޮިޅު އެތްލީޓަކަށް ހޮވިފައި ވަނީ ފަސުހާ އަޙްމަދެވެ.
ރޭގެ މި ޙަފުލާގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްވެސް ބައިވެރިވެވަޑައިގެން، ބައެއް އެވޯޑުތައް ހަވާލުކޮށްދެއްވާފައިވެއެވެ. ހަމަމިއާއެކު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ވަނީ މިރޭގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން، ބައެއް އެވޯޑުތައް ހަވާލުކޮށްދެއްވާފައެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އަކީ ކުޅިވަރުގެ ދާއިރާއިން ދިވެހިރާއްޖެއަށް ޚިދުމަތްކޮށްދެއްވާފައިވާ އަދި ޚިދުމަތްކޮށްދެއްވަމުންގެންދަވާ ފަރާތްތަކުގެ އަގުވަޒަންކުރެއްވުމުގެ މަޤްޞަދުގައި، ދިވެހިރާއްޖޭގައި ބާއްވާ އެންމެ ޝަރަފުވެރި އިހުތިފާލެވެ. މިރޭގެ ޙަފުލާގައި ފާހަގަކުރައްވާފައިވަނީ 2024 ވަނަ އަހަރުގެ ކާމިޔާބީތަކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއެކު، ކުޅިވަރު ތަރައްޤީކޮށް ކުރިއެވުމަކީ ޤައުމީ އަހުމިއްޔަތެއްކަމުގައި ވަނީ ކަނޑައަޅުއްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

120 ގައުމަކުން ނަތަންޔާހޫ އަރައިފިނަމަ ހައްޔަރު ކުރާނެ ކަމުގެ އިންޒާރު!
3 ގަޑިއިރު ކުރިން

މާލެ އަށް އުދަ އަރައި ގެއްލުންތަކެއް ވެއްޖެ!
5 ގަޑިއިރު ކުރިން
އިޒްރެއިލް ނޫން އެހެން ހުރިހައި ގައުމަކާ އެކު ވެސް ރާއްޖެއިން ގުޅުން ބާއްވާނަން: ރައީސް
5 ގަޑިއިރު ކުރިން

"ގޮނޑި ކޮއްކޮ ސިޔާސަތު" މިގައުމަކަށް ބޭނުމެއް ނޫން: ރައީސް
8 ގަޑިއިރު ކުރިން


.gif&w=3840&q=75)