
120 ގައުމަކުން ނަތަންޔާހޫ އަރައިފިނަމަ ހައްޔަރު ކުރާނެ ކަމުގެ އިންޒާރު!

ރިޟްވާން މޫސާ - 26 ޖުލައި 2026 - 15:29
ދުނިޔޭގެ 120 ގައުމަކުން އިސްރާއީލްގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަރައިފިނަމަ ހައްޔަރު ކުރާނެ ކަމުގެ އިންޒާރު ދީފި އެވެ.
އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އިން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ކުރީގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރު ނެރުނީ ޣައްޒާގައި ހިންގަމުންދާ ހަނގުރާމައާ ގުޅިގެންނެވެ. އައިސީސީއިން ނަތަންޔާހޫގެ މައްޗަށް ކުރާ މައިގަނޑު ތުހުމަތުތަކުގެ ތެރޭގައި ހަނގުރާމައިގެ އުކުޅެއްގެ ގޮތުގައި އާންމުން ބަނޑަށް ޖެއްސުމުގެ ޖަރީމާ އާއި، މީހުން މެރުމާއި، އިންސާނިއްޔަތާ ހިލާފު އެހެނިހެން އެތަކެއް އަމަލުތައް ހިންގުމުގެ އިތުރުން ގާނޫނާއި، ޙިލާފު އެތަކެއް އަމަލުތަކެއް ހިންގާފަ އެވެ.
އައިސީސީގެ ނިންމުމާއެކު، އެ ކޯޓުގެ މުއާހަދާ (ރޯމް އެސްޓެޓިއުޓް) އަށް ތަބާވާ 120 އަށްވުރެ ގިނަ ގައުމުތަކަށް ނަތަންޔާހޫ އެ ގައުމުތަކަށް ޒިޔާރަތްކޮށްފިނަމަ ހައްޔަރުކުރުމުގެ ގާނޫނީ މަޖުބޫރުކަން އޮވެއެވެ.
ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އިނގިރޭސިވިލާތާއި، ފްރާންސް ފަދަ ގައުމުތަކުން ބުނެފައިވަނީ އައިސީސީގެ ނިންމެވުންތަކަށް އިހުތިރާމްކުރާނެ ކަމަށެވެ. މީގެ އިތުރުން ހަންގޭރީ ފަދަ ގައުމުތަކުން ވަނީ ނަތަންޔާހޫ އެ ގައުމަށް ޒިޔާރަތްކުރިޔަސް ހައްޔަރު ނުކުރާނެކަމަށް ބުނެ، އައިސީސީގެ ނިންމުމަށް ގޮންޖަހައި ކޯޓުން ވަކިވުމުގެ މަސައްކަތްވެސް ފަށާފައެވެ.
ނަތަންޔާހޫ ހައްޔަރު ކުރުމާމެދު އެމެރިކާގެ ސިޔާސީ މަޝްރަހު ވެސް އޮތީ ވަރަށް ބޮޑު ނުތަނަވަސްކަމެއްްގެ ތެރޭގަ އެވެ. އެމެރިކާގެ ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ނަތަންޔާހޫ ހައްޔަރުކޮށް މިފަދަ ލާއިންސާނީ ޖަރީމާތައް ހުއްޓުވުމަށް އެމެރިކާގެ ސަރުކާރަށް ވެސް ގޮވާލާފަ އެވެ.
އެހެން ނަމަވެސް އެމެރިކާއަކީ އައިސީސީގެ މެންބަރު ގައުމަކަށް ނުވާތީ، އެމެރިކާއިން ވަނީ މި އަމުރާ ދެކޮޅަށް ވަރުގަދައަށް އަޑުއުފުލާފައެވެ. އެމެރިކާގެ ސަރުކާރުން ބުނެފައިވަނީ ނަތަންޔާހޫ އެމެރިކާއަށް ދިޔަނަމަވެސް ހައްޔަރު ނުކުރާނެ ކަމަށެވެ. މީގެ އިތުރުން އެމެރިކާގެ ބައެއް ސިޔާސީ ފަރާތްތަކުން ވަނީ އައިސީސީއަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް ދީފައެވެ.
މިއީ ދުނިޔޭގެ ހުޅަނގުގެ ގައުމުތަކުގެ ތާއީދު އޮތް ބޮޑުވަޒީރަކާ ދެކޮޅަށް އައިސީސީއިން މިފަދަ އަމުރެއް ނެރުނު ފުރަތަމަ ފަހަރެވެ. މި ނިންމުމުގެ ސަބަބުން ނަތަންޔާހޫއަށް ބައިނަލްއަގުވާމީ ދަތުރުފަތުރުކުރުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާއިރު، މުޅި ދުނިޔޭގެ ސިޔާސީ މަޝްރަހާއި ބައިނަލްއަގުވާމީ ގާނޫނުތައް ތަންފީޒުކުރުމުގައި ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފައެވެ.
ގުޅުން ހުރި ޙަބަރުތައް

މަގުތަކާއި އާންމު ތަންތަނަށް ކުނި އެޅުމުގެ މައްސަލަ: ހައްލު ބޭނުންވެފައިވާ އިޖުތިމާއީ ބޮޑު ކާރިސާއެއް!
ދުވަހެއް ކުރިން
އީވާން ނަސީމްގެ މަރަކީ ޖަލުތަކުގެ ލާއިންސާނީ އަނިޔާ ހާމަވެ، އިސްލާހީ ބަދަލަށް މަގުފަހިކުރި ހާދިސާއެއް: ފައްޔާޒް
ދުވަހެއް ކުރިން

ޕާކިސްތާނުގެ މިސްކިތަކަށް ދިން ނުރައްކާތެރި ހަމަލާއެއްގައި 21 މީހުން މަރުވެ، 103 މީހުން ޒަޚަމްވެއްޖެ
2 ދުވަސް ކުރިން
.jpg&w=3840&q=75)
ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓަށް ރައީސް އިޞްލާޙު ގެންނަވައިފި
2 ދުވަސް ކުރިން


