
ބ.ހިތާދޫ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ
ބ.ހިތާދޫ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި

ރިޟްވާން މޫސާ - 08 އޭޕްރީލު 2026 - 14:26
ބ.ހިތާދޫ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި އެވެ
ހިތާދޫގައި މިވަގުތު ކުރިއަށްދަނީ ބިން ހިއްކުމަށް ހަމަޖެހިފައިވާ ސަރަޙައްދުގެ ވަށައިގެން ފަޅުތެރޭގައި ބައުންޑް ވޯލް ޖެހުމުގެ މަސައްކަތެވެ.
ހިތާދޫގައި ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޮޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ އެވެ.
މި މަޝްރޫޢުގެ ދަށުން ހިތާދޫއިން 15 ހެކްޓަރުގެ ބިން ހިއްކާނެއެވެ.
ހިއްކާ ބިމުގެ ވަށައިގެން 691 މީޓަރުގެ ރިވެޓްމަންޓް އަދި 25 މީޓަރުގެ 6 ފައިކަށި ލުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 137 މިލިޔަން ރުފިޔާއަށް 1 އަހަރާ 3 މަސް ދުވަހުން ނިންމާގޮތަށެވެ.
1400 އެއްހައި މީހުންގެ އާބާދީއެއް އޮންނަ ބ.ހިތާދޫގެ ބިން ހިއްކުމުގެ މި ޕްރޮޖެކްޓަކީ ރައީސުލް ޖުމްހޫރިއްޔާ އެރަށަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން އެދިވަޑައިގެން ކަންކަމުގެ ތެރެއިން އެންމެ މުހިންމު އެއް ކަންތައް ކަމުގައި ފާހަގަކޮށްލެވެ އެވެ.
ރައީސުލް ޖުމްހޫރިއްޔާ ހިތާދޫ އަށް އެންމެފަހުން ވަޑައިގެންފައިވަނީ މިދިޔަ އަހަރުގަ އެވެ.






.gif&w=3840&q=75)