
ޔޫއޭއީގައި ތިބި ދިވެހިން ބޭރަށް ނުކުމެ ނޫޅުމަށް އެދިއްޖެ

ޝަހްޒާ މުޙައްމަދު - 28 ފެބްރުއަރީ 2026 - 14:14
އެމެރިކާއިން އިޒްރޭލް ގުޅިގެން އިރާނަށް މިއަދު ދޭން ފެށި ހަމަލާތަކާ ގުޅިގެން، ރައްދުގައި މެދިއިރުމަތީގެ އެކި ގައުމުތަކަށް އިރާނުން ހަމަލާތައް ދެމުންދާތީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ދިރިއުޅޭ ދިވެހިން ބޭރަށް ނުކުމެ ނޫޅުމަށް އިލްތިމާސްކޮށްފި އެވެ.
އެމެރިކާ އާއި އިޒްރޭލު ގުޅިގެން އިރާނުގެ ވެރިކަން ބަދަލުކުރުމުގެ ބޭނުމުގައި އެގައުމަށް ހަމަލާތައް ދޭން މިއަދު ވަނީ ފަށައިފަ އެވެ. މި ހަމަލާތަކުގެ ރައްދުގައި އިރާނުން އަންނަނީ އިޒްރޭލާއި، އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ މެދުއިރުމަތީގެ ބައެއް ގައުމުތަކަށް ވެސް ހަމަލާތައް ދެމުންނެވެ.
ޔޫއޭއީގެ އަބޫ ދާބީ އަދި ދުބާއީން ގޮވުމުގެ ރިޕޯޓުތަކެއް ކޮށްފައިވާއިރު، ރާއްޖޭން މެދުއިރުމައްޗަށް ދަތުރުކުރި ފްލައިދުބާއީގެ ފްލައިޓެއް ވެސް ވަނީ އަނބުރާ ރާއްޖެއަށް ދަތުރު ފަށައިފި އެވެ.
އެނގިފައިވާގޮތުގައި ޔޫއޭއީގައި ދިރިއުޅޭ ދިވެހިން ތިބޭ ވަޓްސްއެޕް ގްރޫޕަށް، އެ ގައުމުގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ފޮނުއްވި މެސެޖެއްގައި ވިދާޅުވީ މުޅި ސަރަހައްދުން ވައިގެ މަގުން ބޮމުގެ ހަމަލާތަކުގެ ރިޕޯޓް ލިބެމުންދާ ކަމަށެވެ. އެހެންވެ ކޮންމެހެން ކުރަން ޖެހޭ ދަތުރެއްގައި ނޫނީ ދަތުރުނުކުރުމަށާއި ބޭރުގައި ނޫޅުމަށް ވަނީ އިލްތިމާސްކުރައްވާފަ އެވެ.
އަދި އެއްވެސް ކަމެއް އުޅޭނަމަ ވަގުތުން ގުޅުމަށާއި އެންމެން ވެސް ރައްކާތެރިކަމާއެކު ތިބުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

މެދުއިރުމަތީގެ މަސްރަހު ފިނިކުރުމަށްގޮވާލައި، ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި
4 ގަޑިއިރު ކުރިން

ރައްޔިތުންނާ ގާތުން ބައްދަލުކުރުމަށް ފުލުހުންގެ 'ވޯކް އެންޑް ޓޯކް'
7 ގަޑިއިރު ކުރިން

މެދުއިރުމައްޗަށް ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއޭސީއެލް އިން އިލްތިމާސްކޮށްފި
9 ގަޑިއިރު ކުރިން

މެދުއިރުމަތީގެ ވައިގެ ސަރަހައްދު ބަންދުކުރުމުން، ފްލައިޓެއް އެނބުރި ރާއްޖެ އަތުވެއްޖެ
9 ގަޑިއިރު ކުރިން


.gif&w=3840&q=75)