logo

މެދުއިރުމަތީގެ މަސްރަހު ފިނިކުރުމަށްގޮވާލައި، ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި

profile

މުހައްމަދު މުޝްރިފް - 28 ފެބްރުއަރީ 2026 - 19:16

މެދުއިރުމަތީގައި ހިނގަމުންދާ ހަމަލާތައް އިތުރަށް ވަރުގަދަވަމުންދާ މިދަނޑިވަޅުގައި، ހުރިހާ ފަރާތްތަކަކުން ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށް، މަސްރަހު ފިނިކުރުމަށް މިއަދު ގޮވާލައިފިއެވެ.

https://wamco.com.mv/

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވަމުންދާ ދިއުން ސަރުކާރުން ބަލަމުންދަނީ ނުހަނު ބޮޑު ކަންބޮޑުވުމަކާ އެކު ކަމަށެވެ.

ރާއްޖެއިން ވަނީ އެ ސަރަހައްދުގައި ސުލްހަޔާއި ހަމަޖެހުން ގާއިމްކުރުމަށް ގޮވާލައި، ހުރިހާ ފަރާތްތަކުންވެސް ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ. ގެ ޗާޓަރަށް ފުރިހަމައަށް އިހުތިރާމްކުރުމަށް އިލްތިމާސްކޮށްފައެވެ. ވަކިން ހާއްސަކޮށް، ގައުމުތަކުގެ މިނިވަންކަމާއި ސިޔާދަތީ ނަޒާހަތްތެރިކަމަށް ހުރިހާ ވަގުތެއްގައިވެސް ހުރިހާ ފަރާތްތަކަކުން އިހުތިރާމްކުރަންޖެހޭނެ ކަމަށް ދިވެހި ސަރުކާރުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، މައްސަލަތައް ހައްލުކުރުމުގައި ސުލްހަވެރި މަގު އިޚްތިޔާރުކުރުމަށް ރާއްޖެއިން އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެމުން، ދުނިޔޭގެ ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަންވެސް ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk