logo

މެދުއިރުމަތީގެ ވައިގެ ސަރަހައްދު ބަންދުކުރުމުން، ފްލައިޓެއް އެނބުރި ރާއްޖެ އަތުވެއްޖެ

profile

ޝަހްޒާ މުޙައްމަދު - 28 ފެބްރުއަރީ 2026 - 14:13

މެދުއިރުމަތީގެ ގިނަ ގައުމުތަކެއްގެ ވައިގެ ސަރަހައްދު ކުއްލި ގޮތަކަށް ބަންދުކުރުމާ ގުޅިގެން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން (ވީއައިއޭ) ދުބާއީއަށް ދަތުރުކުރި ފްލައި ދުބާއީގެ ބޯޓެއް އެނބުރި ރާއްޖެއަށް ޖައްސައިފިއެވެ.

https://wamco.com.mv/

މެދުއިރުމަތީގެ ވައިގެ ސަރަހައްދު ބަންދުކުރަން ޖެހުނީ އެމެރިކާގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ދޭން ފެށި ވަރުގަދަ ހަމަލާތަކާ ގުޅިގެންނެވެ. މި ހާދިސާއާ ގުޅިގެން އެނބުރި ރާއްޖެ އައިސްފައިވަނީ މިއަދު މެންދުރުފަހު 14:14 ގައި ދުބާއީއަށް ދިއުމަށް ފުރި ފްލައި ދުބާއީގެ ފްލައިޓެކެވެ. މި ބޯޓު އަނބުރާ ވީއައިއޭއަށް ޖައްސާފައިވަނީ މިއަދު ހަވީރު 16:45 ގައެވެ.

ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި، އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނުގެ ވެރިރަށް ތެހެރާނުގެ އިތުރުން އެ ގައުމުގެ މައި ހަތަރު ސިޓީއަކަށް ވަނީ މިސައިލް ހަމަލާތަކެއް އަމާޒުކޮށްފައެވެ. މި ހަމަލާތަކުގައި ބާރުގަދަ ގޮވުންތަކެއް ގޮވައި، ބައެއް ސަރަހައްދުތަކުން ބޯކޮށް ދުން އަރަމުންދާ މަންޒަރު ފެންނަ ވީޑިއޯތަކާއި ފޮޓޯތައް ވަނީ އާންމުވެފައެވެ. ބައެއް ރިޕޯޓުތައް ބުނާގޮތުގައި މި ހަމަލާތައް އަމާޒުކުރަމުންދަނީ އީރާނުގެ ރޫހާނީ ވެރިޔާ އާޔަތުﷲ އަލް ޚާމަނާއީއާ ގުޅުންހުރި މަރުކަޒުތަކަށެވެ.

މި ހަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ އިސްރާއީލަށް އަމާޒުކޮށް ވަރުގަދަ މިސައިލް ހަމަލާތަކެއް ފޮނުވާލާފައެވެ. މި ހަމަލާތަކުގެ ސަބަބުން އިސްރާއީލުގެ ބައެއް އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ އިތުރުން މެދުއިރުމަތީގެ އެކި ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވެސް އީރާނުން ދަނީ ހަމަލާދެމުންނެވެ. މަސްލަހަތު ގޯސްވުމުގެ ސަބަބުން މެދުއިރުމަތީގެ ވައިގެ ދަތުރުފަތުރަށް ވަނީ ބޮޑެތި ބުރޫތަކެއް އަރާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk