
ރައްޔިތުންނާ ގާތުން ބައްދަލުކުރުމަށް ފުލުހުންގެ 'ވޯކް އެންޑް ޓޯކް'

ޝަހްޒާ މުޙައްމަދު - 28 ފެބްރުއަރީ 2026 - 16:22
ދިވެހި ފުލުހުންގެ ޚިދުމަތާއި އާންމު ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން ވަރުގަދަކޮށް، އަމާން މުޖުތަމަޢެއް ބިނާކުރުމުގެ މަޤްޞަދުގައި މާލެ ސަރަޙައްދުގައި ޚާއްޞަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
'ވޯކް އެންޑް ޓޯކް' ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ހަރަކާތަކީ ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުވައި، ފުލުހުންނާއި ރައްޔިތުންނާ ދެމެދު ހަރުދަނާ ގުޅުމެއް ޤާއިމުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ހިންގި ހަރަކާތެކެވެ.
މި ހަރަކާތުގެ ތެރެއިން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަޙައްދުތަކުން ރައްޔިތުންނާ ބައްދަލުކޮށް، ޚިޔާލު ބަދަލުކޮށްފައިވެއެވެ. އެގޮތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވައި، ފުލުހުންނާ ގުޅިގެން ޙައްލުކުރެވެން ހުރި ކަންކަމާ ގުޅޭގޮތުން މައުލޫމާތު ޙިއްސާކޮށްފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.
މި ހަރަކާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި ފުލުހުންގެ އިސް އޮފިސަރުން ވަނީ އަމަލީގޮތުން ބައިވެރިވެލައްވާފައެވެ. އިސް އޮފިސަރުން ވަނީ ރައްޔިތުންނާ ގާތުން ބައްދަލުކޮށް، އެފަރާތްތަކުގެ ހާލުބަލައި، ދިރިއުޅުމުގެ މާޙައުލުގައި ހުރި ކަންބޮޑުވުންތަކާއި ދަތިތައް އޮޅުންފިލުއްވާފައެވެ.
މާލެ ސަރަޙައްދުގެ 100 އެއްހާ ސަރަޙައްދުގައި ފުލުހުން ހަރަކާތްތެރިވި މި 'ވޯކް އެންޑް ޓޯކް' ހަރަކާތުގައި، ސީނިއަރ ލެވެލްގެ 250 އެއްހާ ފުލުހުން ބައިވެރިވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންނާއި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން ހަރުދަނާ ކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ މާލޭގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކުގައިވެސް މިފަދަ ގިނަ ހަރަކާތްތަކެއް ސިލްސިލާކޮށް ކުރިއަށް ގެންދަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

މެދުއިރުމަތީގެ މަސްރަހު ފިނިކުރުމަށްގޮވާލައި، ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި
4 ގަޑިއިރު ކުރިން

މެދުއިރުމައްޗަށް ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއޭސީއެލް އިން އިލްތިމާސްކޮށްފި
9 ގަޑިއިރު ކުރިން

ޔޫއޭއީގައި ތިބި ދިވެހިން ބޭރަށް ނުކުމެ ނޫޅުމަށް އެދިއްޖެ
9 ގަޑިއިރު ކުރިން

މެދުއިރުމަތީގެ ވައިގެ ސަރަހައްދު ބަންދުކުރުމުން، ފްލައިޓެއް އެނބުރި ރާއްޖެ އަތުވެއްޖެ
9 ގަޑިއިރު ކުރިން


.gif&w=3840&q=75)