20 ފުލުހަކު ވަޒީފާއިން ވަކި ކޮށްފި
މުޙައްމަދު ހަފީޒް - 30 ނޮވެމްބަރު 2024 - 06:15
ފާއިތުވި އެއްއަހަރު 20 ފުލުހަކު ވަޒީފައިން ވަކިކޮށްފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ސުޖާއު ވިދާޅުވެއްޖެއެވެ.
ކޮމިޝަނާ ވިދާޅުވީ ފުލުހުންނަށް ފިޔަވަޅު އަޅަމުން ދަނީ އެ އިދާރާގެ ތެރޭގައި އޮންނަ ނިޒާމުގެ ތެރެއިން ކަމަށެވެ. އެއްވެސް ފުލުހަކު އުސޫލުތަކާ ހިލާފަށް މަސައްކަތް ކުރަމުންދާނަމަ އެކަމެއް ބަލައި އެފުލުހަކާ ދޭތެރޭ ފިޔަވަޅު އަޅާނެ ކަމަށެވެ.
ސީޕީ ވިދާޅުވީ ފުލުހުންގެ މުއައްސަސާއަކީ އެއްވެސް ބާރަކާ ނުފޫޒެއްގެ ދަށުވެގެން މަސައްކަތް ކުރަންޖެހޭނެ ތަނެއްގެ ގޮތުގައި އޮންނަ މުއައްސަސާއެއް ނޫން ކަމަށެވެ. ފުލުހުންގެ މަސައްކަތްތައް ބަލައި މުއައްސަސާ ތަކެއް ހުރުމުން އެ އިދާރާތަކުން އެކަންކަން ކަށަވަރުކުރާނެ ކަމުގައިވެސް ވިދާޅުވިއެވެ.
ފާއިތުވި އެއްއަހަރު ދުވަހުގެ ތެރޭ 50 ފުލުހަކަށް ފިޔަވަޅު އަޅައި 20 ފުލުހަކު ވަޒީފައިން ވަކިކޮށްފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ބުނެއެވެ.
ގުޅުން ހުރި ޙަބަރުތައް
6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން
ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން
އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން
ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން