logo

ސްޓެލްކޯގެ ސްލޯގަންއަކީ "ތަރައްޤީގެ ބައިވެރިޔާ"

profile

ޝުރުފާ މުހައްމަދު - 27 އޮކްޓޯބަރު 2024 - 23:22

ސްޓެލްކޯގެ ސްލޯގަން އިފްތިތާހުކުރުން--- ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯގެ ސްލޯގަން އިފްތިތާހުކުރުން--- ފޮޓޯ: ސްޓެލްކޯ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބޭނުންކުރާނެ ސްލޯގަންއަކީ "ތަރައްޤީގެ ބައިވެރިޔާ" ކަމަށް ނިންމައި، އެކަން އިޢުލާނުކޮށްފި އެވެ.

ސްޓެލްކޯގެ ސްލޯގަން އިފްތިތާޙުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ޙުސައިން ފަހުމީ އެވެ.

ސްޓެލްކޯގެ ޚިދުމަތަށް މި އަހަރުގެ ޑިސެންބަރު މަހު 75 އަހަރު ފުރޭއިރު، ސްޓެލްކޯއިން ސްލޯގަންއެއް ބޭނުންކުރަން ފަށާފައިމިވަނީ އަލަށެވެ. މި ސްލޯގަންއިން ރަމްޒުކޮށްދެނީ 1949 ވަނަ އަހަރު ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް ފެށިގެން މި ވޭތުވެދިޔަ މުއްދަތުގައި ޤައުމީ ތަރައްޤީގައި ސްޓެލްކޯއިން ވެފައިވާ ޙިއްސާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެގޮތުން ޤައުމީ ތަރައްޤީގެ ދުވެލި ހަލުވިވެގެން ދިއުމުގައި ކަރަންޓުގެ ސިނާއަތާއި އެ ސިނާއަތުގައި ޚިދުމަތްދޭން އޮތް ކުންފުނީގެ ހައިސިއްޔަތުން ސްޓެލްކޯގެ ދައުރު މި ސްލޯގަންއިން ރަމްޒުކޮށްދޭ ކަމަށް ބުނެފައިވެ އެވެ. އަދި ހަމަ މިއާއިއެކު 1949ން ފެށިގެން ސްޓެލްކޯއިން (އެކި ނަންނަމުގައި) ދެމުންއައި ކަރަންޓުގެ ޚިދުމަތުގެ އިތުރުން މިހާރު މި ކުންފުނިން ދެމުންދާ ފެނާއި، ނަރުދަމާގެ ޚިދުމަތާއިއެކު ޤައުމީ ތަރައްޤީގައި ކުންފުނީގެ ހިއްސާ އިތުރުވެގެން ގޮސްފައިވާ ވުން ވެސް މި ސްލޯގަންއިން ރަމްޒުކޮށްދޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

https://int.etukuri.mv/
tel:+9607331319