logo

އައު ސިޔާސީ ޕާޓީއެއް އުފެއްދުމަށް އީސީ އިން ހުއްދަ ދީފި

profile

އައިމިނަތު ރޫޔާ - 14 ނޮވެމްބަރު 2024 - 19:20

އައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެށުމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން ހުއްދަ ދީފި-- ފޮޓޯ: އީސީ

އައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެށުމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން ހުއްދަ ދީފި-- ފޮޓޯ: އީސީ

އައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެށުމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން ހުއްދަ ދީފިއެވެ.

އީސީ އިން މިއަދު ބުނީ "މޯލްޑިވްސް ކޮމިޔުނިޓީ ޕާޓީ"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދިއުމުގެ ހުއްދަ ގ.ކްރެބްޓްރީ، ޢަލީ އަޙްމަދަށް ދިނުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

އެގޮތުން، ޕާޓީ އުފެއްދުމަށް ބޭނުންވާ ތިންހާސް މީހުންގެ ސޮއި ހޯދުމަށާއި، ޕާޓީ އުފެއްދުމަށްޓަކައި ކުރަންޖެހޭ އެހެނިހެން ކަންތައްތައް ކުރިއަށް ގެންދިއުމުގެ ހުއްދަ އާއިއެކު އެ ޕާޓީ ރަޖިސްޓްރީ ކުރުމަށް ބޭނުންވާ 3000 މީހުންގެ ފޯމު އެ ކޮމިޝަނަށް ހުށަހެޅުމަށް ތިން މަސް ދުވަހުގެ މުހުލަތެއް ވަނީ ދީފައެވެ.

އީސީ ގެ ސިޔާސީ ޕާޓީގެ ދަފްތަރުގައި މިހާރު އޮތީ 11 ސިޔާސީ ޕާޓީއެވެ. އެއީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)، އަދާލަތު ޕާޓީ، ޖުމުހުރީ ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)، މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް، މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް، ޕީޕަލްސް ނޭޝަނަލް ކޮންގްރެންސް (ޕީއެންސީ)، މޯލްޑިވްސް ރިފޯމް މޫވްމެންޓް، މޯލްޑިވްސް ނޭޝަނަލް ޕާޓީ، ދަ ޑިމޮކްރެޓްސް، ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އެވެ.

https://wamco.com.mv/
tel:+9607331319