logo

ސިޔާސީ ޕާޓީގެ ގާނޫނަށް ގެންނަން ފެންނަ އިސްލާހުތައް އޭޖީއަށް

profile

މަރްޔަމް އުމްނާ އިސްމާޢީލް - 10 އޮކްޓޯބަރު 2024 - 18:35

ސިޔާސީ ޕާޓީގެ ގާނޫނު

ސިޔާސީ ޕާޓީގެ ގާނޫނު

ސިޔާސީ ޕާޓީގެ ގާނޫނަށް ގެންނަން ފެންނަ އިސްލާހުތައް އެޓާނީ ޖެނެރަލްގެ އޮފީހަށް މިއަދު ފޮނުވައިފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނީ، މި އިސްލާހުތަކަކީ 2019 ވަނަ އހަރުން ގެށިގެން ސިޔާސީ ޕާޓީތަކާ އެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވި، ސިޔާސީ ޕާޓީތަކުން އެއްބަސްވެފައިވާ އިސްލާހުތަކެއް ކަމަށެވެ.

އެގޮތުން، މިކަމާ ގުޅިގެން ސިޔާސީ ޕާޓީތަކާއި އެކު އީސީން ބައްދަލުކުރީ އެންމެ ފަހުން މިދިޔަ އަންގާރަ ދުވަހު އެވެ. މި ބައްދަލުވުމުގައި، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، ޖުމްހޫރީ ޕާޓީ، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ، އަދި ކޮމިޝަނުގެ ފަސް މެމްބަރުންނާއި ސެކްރެޓަރީ ޖެނެރަލްގެ އިތުރުން ގުޅުންހުރި ސެކްޝަންތަކުގެ ވެރިން ބައިވެރިވިއެވެ.

އެ ގާނޫނަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި ސިޔާސީ ޕާޓީތަކަށް ދައުލަތުން ފައިސާ ދޫކުރާ އުސޫލަށް ބަދަލު ގެނައުމާއި ޕާޓީތަކުގެ ކޮންގްރެސް ބޭއްވުމާއި ގުޅޭ ކަންކަމަށް ބަދަލު ގެނައުން ހިމެނެ އެވެ.

އީސީން ބުނީ، އެ ގާނޫނަށް ހުށަހަޅާ އިސްލާހުތަކުގެ ސަބަބުން ސިޔާސީ ޕާޓީތަކުގެ ދަފްތަރު ޒަމާނީ ޑިޖިޓަލް ނިޒާމަކަށް ބަދަލުކުރުމުގެ ފުރުސަތު ފަހިވެ، ސިޔާސީ ޕާޓީތަކުގެ ހިންގުން ހަރުދަނާވެ، އިތުރު ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށެވެ.

https://wamco.com.mv/
tel:+9607331319