
އިލެކްޝަން ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގް
ހުރިހާ ސިޔާސީ ޕާޓީތަކަށް ފައިސާ ލިބޭގޮތަށް ގާނޫނު ބަދަލުކުރަނީ

ޝުރުފާ މުހައްމަދު - 08 އޮކްޓޯބަރު 2024 - 14:43
ރާއްޖޭގައި ހިންގާ ހުރިހާ ސިޔާސީ ޕާޓީއަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެންނަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
ގާނޫނު މިހާރު އޮންނަ ގޮތުން ދައުލަތުގެ ބަޖެޓުން ސިޠާސީ ޕާޓީތަކަށް ދޭ ފައިސާ ލިބެނީ 10،000 މެމްބަރުން ހަމަވާ ސިޔާސީ ޕާޓީތަކަށް އެކަންޏެވެ. މިވަގުތު އެ އަދަދަށް މެމްބަރުން ހަމަވަނީ ހަމައެކަނި 6 ޕާޓީގައެވެ. އެ 6 ޕާޓީއަށް މިހާރު ވަނީ 44 މިލިއަން ރުފިޔާ ދޫކޮށްފައެވެ.
މިކަމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ، ސިޔާސީ ޕާތީތަކުގެ ގާނޫނަށް ގެންނަން ބޭނުންވާ އިސްލާހު މިހާރު ޑްރާފްޓްކޮށްފައިވާ ކަމަށެވެ. އަދި އެ އިސްލާހަކީ މިދިޔަ ހަތަރު އަހަރު ތެރޭގައި ސިޔާސީ ޕާޓީތަކާ މަޝްވަރާކޮށްގެން ގެންނަން ނިންމާފައިވާ އިސްލާހެއް ކަމަށްވެސް ވިދާޅުވިއެވެ.
ފުއާދު ވިދާޅުވިގޮތުގައި ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެންނަނީ މައިގަނޑު ދެ އިސްލާހެކެވެ. އެއީ ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމުގެ އުސޫލާއި، ޕާޓީތަކުގެ ކޮންގްރެސް ބޭއްވުމުގެ އުސޫލަށް ގެންނަ އިސްލާހެވެ.
ބިލުގައިވާގޮތުން ކޮންގްރެސް ބޭއްވުމަށް މިހާރު އޮންނަ އުސޫލުގައި 5 އަހަރު އޮތް ނަމަވެސް ޚާއްސަ ހާލަތްތަކުގައި އެއަށް ވުރެ މުއްދަތު ދިގުކުރެވިދާނެ ކަމަށް ބަޔާންކޮށްފައި ވެ =އެވެ.
ބަޖެޓަށް ގެންނަ ބަދަލުތަކުގެ ތެރޭގައި، ބަޖެޓު 4 ބަޔަކަށް ބަހާލަން ވަނީ ކަނޑައަޅާފައެވެ. އެއީ އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީވެފައިވާ 3،000 މެންބަރުން ހަމަވާ ހުރިހާ ޕާޓީތަކާއި، 10،000 މެންބަރުން ހަމަވާ ޕާޓީތަކާއި، މަޖިލިސް އިންތިޚާބާއި ލޯކަލް ކައުންސިލް އިންތިޚާބުގައި ޕާޓީތަކުގެ ކާމިޔާބީއަށް ބަލައިގެންނެވެ.
އެގޮތުން ބަޖެޓުގެ 25 އިންސައްތަ ހާއްސަ ކުރާނީ ހުރިހާ ސިޔާސީ ޕާޓީތަކަށެވެ. އަދި އިތުރު 25 އިންސައްތަ 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް ދޭނެއެވެ. މީގެ އިތުރަށް މަޖިލިސް އަދި ކައުންސިލް އިންތިޚާބުގައި ޕާޓީތަކުން ހޯދާ ކާމިޔާބީއަށް 30 އިންސައްތަ އާއި، 20 އިންސައްތަ ޚާއްސަކުރަން ވަނީ ހަމަޖައްސާފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން