logo

ކަނޑިމާ މޯލްޑިވްސް ރިސޯޓަށް މޫދަށް އެރުނު ދެ ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ

profile

އާމިނަތު ޝަޒްލާ - 06 އޮކްޓޯބަރު 2026 - 10:57

ދ. އަތޮޅުގައި ހިންގަމުން އަންނަ ކަނޑިމާ މޯލްޑިވްސް ރިސޯޓުގެ ވޯޓާ ވިލާއެއް ކައިރިއަށް މޫދަށް އެރުނު ދެ ފަތުރުވެރިއަކު ގެނބިގެން ނިޔާވެއްޖެއެވެ.

https://wamco.com.mv/

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި ނިޔާވެފައިވަނީ އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ބޭރުގެ އަންހެން އަދި ފިރިހެން ފަތުރުވެރިއެކެވެ.

ރާއްޖޭގެ ރިސޯޓުތަކާއި މީހުން ދިރިއުޅޭ ރަށްރަށުގެ މޫދަށް އެރި އުޅުމުގެ ތެރޭގައި ފަތުރުވެރިން ގެނބިގެން ނިޔާވުމުގެ ހާދިސާތައް ދޭތެރެ ދޭތެރެއިން ހިނގައެވެ. ހާއްސަކޮށް މޫސުން ގޯސްވާ ދުވަސްވަރު އޮއިވަރު ގަދަވުމާއި ކަނޑުގަދަވުމުގެ ސަބަބުން މިފަދަ ހިތާމަވެރި ހާދިސާތައް ހިނގުން އިތުރުވާތީ، މޫދަށް އެރިއުޅޭއިރު ސަލާމަތީ ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ ފަރާތްތަކުން އަބަދުވެސް އިލްތިމާސްކުރެއެވެ. މީގެ އިތުރުން ރިސޯޓުތަކުންވެސް ފަތުރުވެރިންގެ ރައްކާތެރިކަމަށްޓަކައި މޫދުގެ ހާލަތު އަންގައިދޭ ނިޝާންތަކާއި އިރުޝާދުތައް އާންމުކޮށް ބަހައްޓާފައި ހުރެއެވެ.

https://wamco.com.mv/
tel:+9607331319