logo
އަސްލުޓީގެ ބާބު ޕްރޮގްރާމުގައި ޝިއްޕެ ވާހަކަފުޅު ދައްކަވަނީ؛ ފޮޓޯ ރިލްވާން މޫސާ

އަސްލުޓީގެ ބާބު ޕްރޮގްރާމުގައި ޝިއްޕެ ވާހަކަފުޅު ދައްކަވަނީ؛ ފޮޓޯ ރިލްވާން މޫސާ

ސިއްރަކުން ނުކުރެވޭނެ ކަންކަމެއް! ކެމްޕެއިނަށް ފައިސާ ހޯދަން ރަސްމާލެ ވިއްކިޔަސް އަތުލާނަން: ޝިއްޕެ

profile

ރިޟްވާން މޫސާ - 06 އޮކްޓޯބަރު 2026 - 08:44

ސިއްރަކުން ކަންކަން ނުކުރެވޭނެ ކަމަށާއި، ދުބާއީގެ އީގަލްސް ހިލް ކުންފުޏަށް ސިއްރު އެގްރިމެންޓަކާއެކު ރަސްމާލެ ޕްރޮޖެކްޓް ވިއްކާލި މައްސަލަ ބައްލަވާނެ ކަމަށް އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން މުޙައްމަދު ޝިފާޒް (ޝިއްޕެ) ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

އަސްލުޓީވީގެ "ބާބު" ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ރަސްމާލޭގެ 500 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ދުބާއީގެ އީގަލްސް ހިލް ކުންފުންޏަށް 99 އަހަރުގެ މުއްދަތަކަށް ވިއްކާލާފައިވާ ވާހަކަ އަށް އިޝާރާތް ކުރައްވައި ޝިއްޕެ ވިދާޅުވީ އެކަން ސިއްރަކުން ނުކުރެވޭނެ ކަމަށެވެ.

ޕްރޮގްރާމުގައި ޝިއްޕެ ވިދާޅުވީ ދުބާއީގެ އީގަލްސް ހިލް ކުންފުންޏަކީ ތަރައގީގެ ޕްރޮޖެކްޓަތައް ހިންގާ ދުނިޔޭގެ މަޝްހޫރު ނަންކުރާ ކުންފުޏެއް ކަމަށާއި، ފައިނޭންޝިއަލް މެކޭނިޒަމް ދުނިޔޭގައި ރޭވިފައި އޮތްގޮތުން އެމައުލޫމާތުތައް ހޯދުމުގައި ފަސޭޢހަވެސް ވާނެ ކަމަށެވެ.

ޝިއްޕެ ވިދާޅުވީ ދުބާއީގެ ކުންފުންޏަށްވެސް އަންނަ ރިޔާސީ އިންތިޙާބު މި ސަރުކާރަށް ނުވަތަ ރައީސް ޑޮރ މުހައްމަދު މުއިއްޒަށް ކާމިޔާބު ނުވާނެ ކަން ސަތޭކަ ޕަސެންޓް އެނގޭ ކަމަށާއި، ދުބާއީގެ ކުންފުނިން ރައީސް މުއިއްޒުއަކަށް އަދި މި ސަރުކާރަކަށް ވެސް އިތުބާރެއް ނޯންނާނެ ކަމަށެވެ.

ޝިއްޕެ ވިދާޅުވީ ރަސްމާލޭގެ ބިޔަ މަޝްރޫއު ހިންގުމަށް ރައްޔިތުންގެ ނަން ބޭނުންކޮށްގެން ސަރުކާރުން ކުރިއަށް މި ގެންދިޔައީ ބޮޑު ހިޔާނާތެއް ކަމަށާއި، ރަސްމާލެ ހިއްކުމަށް ދުވާލަކު 8 ލައްކަ ޑޮލަރު އެތަން ހިއްކާ ބޭފުޅުންނަށް ސަރުކާރުން ދައްކާ ދެއްކުމުގެ ސަބަބުން މިއަދު އޮންލައިކޮން ޓިކެޓެއްވެސް ނުނެގޭ ކަމަށާއި، ގައުމު އެވަރަށް ބަނގުރޫޓު ކޮށްލައިފިކަމަށެވެ.

ޝިއްޕެ ވިދާޅުވީ ދުބާއީގެ ކުންފުނިން ބޮޑު އަދަދަކުން ފައިސާ ތަކެއް ހޯދައިގެން ރާއްޖޭގެ ރައްޔިތުންގެ ވޯޓު ލިބޭނެ ކަމަށް ޑރ މުއިއްޒު ގަބޫލުކުރުމަކީ ވެސް ކޮސް ކަމެއް ކަމަށާއި، ދިވެހިންނަކީ އެހައި ގަމާރު ބައެއް ނޫން ކަމަށެވެ.

https://wamco.com.mv/
tel:+9607331319