
ދައުލަތުގެ އެކިއެކި ކުންފުނިތަކުގެ ތިޖޫރިތައް ފަޅާލި ކަމެއް ރައްޔިތުންނަކަށް ނޭނގޭ: އައިބީ

ރިޟްވާން މޫސާ - 06 އޮކްޓޯބަރު 2026 - 08:49
ދައުލަތުގެ އެކިއެކި މުދާ ވީނުވީ އެއް ނޭނގި ގެއްލިފައިވާ ކަމަށާއި، ދައުލަތުގެ އެކިއެކި ކުންފުނިތަކުގެ ތިޖޫރިތައް ފަޅާލާފައިވާ ކަމަށާއި، އެކަންކަން އެނގެން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން ހުށައެޅި ރަސްމާލެ ވިކާލުމާއި، ގުޅޭ ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން މެންބަރު އަބީ މަޖިލީހުގައި މިއަދު ވިދާޅުވީ ދައުލަތުގެ އެކިއެކު މުދާތަށް ވީނުވީ އެއް ނޭނގި ގެއްލިފައިވާ ކަމަށެވެ.
ދައުލަތުގެ މުދަލާއި ފައިސާ ގެއްލި ހުސްވަމުން މައްސަލަ އަކީ ވެސް ބަލަންޖެހޭ މުހިންމު ކަމެއްކަން ފާހަގަކުރައްވަމުން އައިބީ ވަނީ ދައުލަތުގެ އެކިއެކު ކުންފުނިތަކުގެ ތިޖޫރިތައްވެސް ފަލާފައިވާ ކަމަށާއި، އެ ތިޖޫރިތައް ފެޅިކަން ރައްޔިތުންނަށް ވެސް ނޭނގޭ ކަމަށް ވިދާޅުވެފަ އެވެ.
އަދި ވިދާޅުވީ މިފަދަ މައްސަލަ ތަކަކީ އޭސީސީން ތަހުގީގުކޮށް ބަލަންޖެހޭ ކަންކަން ކަމަށެވެ. ނަމަވެސް އައިބީ އެ ދާޅުވާ ދައުލަތުގެ މުދަލާއި ފައިސާ ގެއްލިފައިވަނީ ކޮން ދުވަސްވަރެއްގައި ކަމެއް ފާހަގައެއް ނުކުރައްވަ އެވެ.
އައބީ ވަނީ ދައުލަތުގެ އިސް މާގާމުތަކާއި ރައްޔިތުންގެ މަޖިލީހުގެ މެންނބަރުކަމާއި، ރައީސުލްޖުމްހޫރިއްޔާ ކަން ކޮށްފައި ތިއްބަވާ ބޭފުޅުންވެސް މާލީ ގޮތުން ހުރި މުދަލާއި ފައިސާ އޮޑިޓް ކުރައްވައި ބައްލަވަން ޖެހޭނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
ގުޅުން ހުރި ޙަބަރުތައް
ކަނޑިމާ މޯލްޑިވްސް ރިސޯޓަށް މޫދަށް އެރުނު ދެ ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ
2 ގަޑިއިރު ކުރިން

ކުޅުދުއްފުސިޓީ ތަރައްގީ ވާނީ ކޮންމެ ގެއެއްވެސް ކަރަންޓް އުފެއްދޭނެ ފަދަ އަގުހެޔޮ ނިޒާމަކާއެކު: މޭޔަރު އާތިފް
4 ގަޑިއިރު ކުރިން

ސިއްރަކުން ނުކުރެވޭނެ ކަންކަމެއް! ކެމްޕެއިނަށް ފައިސާ ހޯދަން ރަސްމާލެ ވިއްކިޔަސް އަތުލާނަން: ޝިއްޕެ
4 ގަޑިއިރު ކުރިން

އެއުޅެނީ "ދިވެހިންގެ ރާއްޖެ" އޭ ކިޔައިގެން ރާއްޖެ ފޭރިގަންނަން، އެކަމެއް ނުވާނެ: ޒިޔާދު
ދުވަހެއް ކުރިން


