
ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުޙައްމަދު އާތިފް: ފޮޓޯ ރިލްވާން މޫސާ
ކުޅުދުއްފުސިޓީ ތަރައްގީ ވާނީ ކޮންމެ ގެއެއްވެސް ކަރަންޓް އުފެއްދޭނެ ފަދަ އަގުހެޔޮ ނިޒާމަކާއެކު: މޭޔަރު އާތިފް

ރިޟްވާން މޫސާ - 06 އޮކްޓޯބަރު 2026 - 08:47
ކުޅުދުއްފުށި ސިޓީ އަށް ތަރައްގީގެ މަޝްރޫއުތައް ގެނައުމުގައި ވަރަށްގިނަ ޕްލޭތައް ރޭވިފައިވާ ކަމަށާއި، މި ޕްރޮޖެކްޓްތައް ފެށިގެންދާނީ ސީދާ ރައްޔިތުންގެ ބައިވެރިވުމާއި، އެކުގައި ކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.
އަސްލު ޓީވީ އަށް ދެއްވި ހާއްސަ އިންޓަރވިއުއެއްގައި އާތިފް ވިދާޅުވީ އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން ކުރިއަށްދިޔަ އިންވެސްޓާސް ފޯރަމުގައި އެ ސިޓީގެ ފަރާތުން އަތްފޯރާ ފަށުގައި ރައްޔިތުންނަށް ކަރަންޓް ފޯރުކޮށްދިނުމުގެ ބޮޑު ޕްރޮޖެކްޓެއް ހުށައަޅާފައިވާ ކަމަށެވެ.
ޒަމާން މިހާރު ބަދަލު ވެއްޖެ ކަމަށާއި، ބަދަލުވަމުންދާ މި ދުނިޔޭގައި މިހާރު ރާއްޖެވެސް ދަތުރުކުރަމުންދަނީ އާ ވިސްނުންތަކާއި އާ އުފެއްދުންތެރިކަމެއް ތައާރަފް ކުރަން ކަމަށާއި، އަބަދުމެ ކަރަންޓް ބިލްތައް ދައްކައިގެން ފައިސާ ފޮނުވަން އޮންނަ އުސޫލު ބަދަލުކޮށް އެއަށްވުރެ އުފެއްދުންތެރި އަދި ފައިދާހުރި ގޮތްތައް މިއަދު އެބަހުރި ކަމަށެވެ.
ކުޅުދުއްފުށި ސިޓީ އަކީ އާބާދީގެ ގޮތުން ބޮޑު ސިޓީއެއްކަން ފާހަގަކުރައްވަމުން އާތިފް ވިދާޅުވީ ކަރަންޓަށް ރައްޔިތުން ހޭދަކުރާ މިންވަރު ވީހާވެސް ކުޑަކޮށް ޖައްވަށް ދޫކުރެވޭ ވިހަ ގޭސްތައް މަދުކުރުމާއެކު އެ ސިޓީގެ ގޭބީސީތަކުން ސޯލާ ޕެނަލްގެ އުސޫލުން ކަރަންޓް އުފެއްދޭނެ ނިޒާމެއް ގާއިމު ކުރުމުގެ ޕްރޮޖެކްޓް ހިންގުމަށް ނިންމާފައިވާ ކަމަށެވެ.
އާތިފް ވިދާޅުވީ މި މަޝްރޫއު ހިންގަން ބޭނުންވާ ހުރިހައި ޑޮކިއމެންޓްތައް ވެސް މިހާރު ނިމިފައިވާ ކަމަށާއި، މި ކަންކަން ހިންގުމަށްޓަކައި ފިނޭސް މިނިސްޓްރީގެ ހުއްދަ އަށް އެދި ހުށައަޅާފައިވާ ކަމަށެވެ.
އާތިފް ވިދާޅުވީ މި ސަރުކާރަކީ ވަރަށް ބޮޑަށް ލާމަރުކަޒީ ނިޒާމާއި ދެކޮޅު ބީރަށްޓަހި ސަރުކާރެއް ކަމަށާއި، އެހެން ނަމަވެސް ސަރުކާރުގެ ތެރެއިން ވެސް އުންމީދުކުރައްވަނީ ރައްޔިތުންނަށް ފައިދާވާނެ މިފަދަ ނިޒާމުތަކަށް ޖާގަ ލިބިގެންދާނެ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް
ކަނޑިމާ މޯލްޑިވްސް ރިސޯޓަށް މޫދަށް އެރުނު ދެ ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ
2 ގަޑިއިރު ކުރިން

ދައުލަތުގެ އެކިއެކި ކުންފުނިތަކުގެ ތިޖޫރިތައް ފަޅާލި ކަމެއް ރައްޔިތުންނަކަށް ނޭނގޭ: އައިބީ
4 ގަޑިއިރު ކުރިން

ސިއްރަކުން ނުކުރެވޭނެ ކަންކަމެއް! ކެމްޕެއިނަށް ފައިސާ ހޯދަން ރަސްމާލެ ވިއްކިޔަސް އަތުލާނަން: ޝިއްޕެ
4 ގަޑިއިރު ކުރިން

އެއުޅެނީ "ދިވެހިންގެ ރާއްޖެ" އޭ ކިޔައިގެން ރާއްޖެ ފޭރިގަންނަން، އެކަމެއް ނުވާނެ: ޒިޔާދު
ދުވަހެއް ކުރިން


