
މާމެންދޫ ފިޓްނަސް ސެންޓަރުގެ ބޮޑުބައި ނިމިއްޖެ

މުޙައްމަދު ފަޟްލޫން - 23 ސެޕްޓެމްބަރު 2026 - 11:24
ގއ. މާމެންދޫގައި ތަރައްގީ ކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އިމާރާތްކުރުމުގެ 80 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އެ ވުޒާރާއިން މަޢުލޫމާތު ދިން ގޮތުގައި، މާމެންދޫ ފިޓްނަސް ސެންޓަރުގެ ސިވިލް މަސައްކަތްތަކުގެ ބޮޑުބައެއް މިހާރު ވަނީ ފުރިހަމަކުރެވިފައެވެ.
މިވަގުތު ކުރިއަށްދަނީ އެ ޢިމާރާތުގެ އެތެރޭގެ (އިންޓީރިއާ) މަސައްކަތްތަކެވެ.
މި މަޝްރޫޢަކީ ސަރުކާރުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
މި ސެންޓަރުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރު ގއ. އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަކީ ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.
މި އަހަރާއި އަންނަ އަހަރުގެ ނިޔަލަށް އެ ވަޢުދު ފުއްދެވުމުގެ މަސައްކަތް ސަރުކާރުން ދަނީ ބާރަށް ކުރިއަށް ގެންދަވަމުންނެވެ.
މީގެއިތުރުން، ރަށްރަށުގައި ކުޅިވަރުގެ ދާއިރާ ތަރައްގީކޮށް، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި އެކި ކަހަލަ ކުޅިވަރު ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ފުޅާ ދާއިރާއެއްގައި ކުރައްވަމުންނެވެ. އޭގެ ތެރޭގައި ކުޅިވަރު ދަނޑުތަކާއި، ކޯޓުތައް އެޅުމާއި، ސްޕޯޓްސް ކޮމްޕްލެކްސްތަކާއި ފަތާ ޓްރެކްތައް އެޅުމުގެ މަޝްރޫއުތައް ހިމެނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ހިރިލަންދޫގައި ކޯލްޑް ސްޓޯރޭޖް ފެސިލިޓީ ގާއިމްކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފި
ގަޑިއިރެއް ކުރިން

ގްލޯބަލް ދުކާން އަށް ދިވެހި ރުފިޔާ ބަލައިގަންނަން ފަަށައިފި
ގަޑިއިރެއް ކުރިން

މިހާތަނަށް ސައުދީ އިން ވަނީ ރާއްޖެއަށް 488 މިލިއަން ޑޮލަރުގެ އެހީފޯރުކޮށްދީފައި: ސައުދީ ސަފީރު
ގަޑިއިރެއް ކުރިން

ގުޅުން ބަދަހިކުރަން ރާއްޖެ އާއި ބަންގްލަދޭޝް އިން މަޝްވަރާކޮށްފި
4 ގަޑިއިރު ކުރިން


