logo

ގުޅުން ބަދަހިކުރަން ރާއްޖެ އާއި ބަންގްލަދޭޝް އިން މަޝްވަރާކޮށްފި

profile

މުޙައްމަދު ފަޟްލޫން - 23 ސެޕްޓެމްބަރު 2026 - 08:24

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިގް ރަޙްމާނާ ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

https://wamco.com.mv/

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ އެމެރިކާގެ ނިއުޔޯކުގައި މިހާރު ކުރިއަށްދާ އދ. ގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހަވާސާގައެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ، އދ. ގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ރިޔާސަތާ ބަންގްލަދޭޝްގެ ހާރިޖީ ވަޒީރު ޑރ. ހަލީލުއްރަޙްމާން ހަވާލުވެވަޑައިގަތުމާ ގުޅިގެން މަރުޙަބާ ދަންނަވާފައެވެ.

ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ބަންގްލަދޭޝްގެ ސަރުކާރަށާއި ރައްޔިތުންނަށް އެމަނިކުފާނު ހެޔޮއެދުންތައް އަރިސްކުރެއްވިއެވެ.

ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ދެފަރާތުންވެސް އިސްކަންދޭ މުހިންމު ދާއިރާތަކުން ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މުހިންމުކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގާތް ގުޅުން ކުރިމަގުގައި އިތުރަށް ބަދަހިވެ، ވަރުގަދަވާނެ ކަމަށް އުންމީދުކުރައްވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިޤް ރަޙްމާން ވަނީ ނައިބު ރައީސް އަދާކުރެއްވި ހޫނު މަރުޙަބާއަށާއި ހެޔޮއެދުންތަކަށް ޝުކުރު އަދާކުރައްވާފައެވެ.

އދ. ގެ އިތުރުން ބައިނަލްއަޤްވާމީ އެހެނިހެން މައިދާންތަކުގައިވެސް ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ.

https://wamco.com.mv/
tel:+9607331319