
ޕެންސަން އޮފީހުގެ ސީއޯއޯ ސަސްޕެންޑް ކޮށްފި

މުޙައްމަދު ފަޟްލޫން - 23 ސެޕްޓެމްބަރު 2026 - 05:45
ޕެންޝަން އޮފީހުގެ ގެ ޗީފް އޮޕަރޭޓިން އޮފިސަރު ސީއޯއޯ ގެ މަގާމުގައި ހުންނެވި މަރްޔަމް ޝިއުނާ ސަސްޕެންޑް ކޮށްފިއެވެ.
އިއްޔެގެ ވަގުތެއްގައި އޭނާ ސަސްޕެންޑްކުރަން ނިންމީ ޕެންޝަން ބޯޑުގެ ބައެއް މެންބަރުންގެ މެދުގައި އުފެދުނު ހިތްހަމަނުޖެހުންތަކަކާ ގުޅިގެން ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.
ޝިއުނާ ސަސްޕެންޑް ކުރި މައްސަލަ އާއި ގުޅޭގޮތުން ޕެންޝަން އޮފީހުން މިހާތަނަށް ރަސްމީކޮށް އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ.
އަހަރު 2023 ގައި ޕެންޝަން އޮފީހާ ގުޅިވަޑައިގެންނެވި ޝިއުނާއަކީ މީގެ ކުރިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސްކަމުގެ އިތުރުން، ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.
ޕެންސަން އޮފީހުގެ ސީއޯއޯ ކަމުގެ މަގާމަށް ޝިއުނާ އައްޔަނުކޮށްފައިވަނީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
ގުޅުން ހުރި ޙަބަރުތައް

އާއްމު މަޖިލީހުގެ ބަހުސް ފެށުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ބައިވެރިވެ ވަޑައިގެންފި
38 މިނިޓު ކުރިން

އަސާސީ ބައެއް ހިދުމަތްތަކާއި ގުޅޭގޮތުން ޔޫއޭއީ އާއި އެކު މަޝްވަރާކޮށްފި
ގަޑިއިރެއް ކުރިން

ރާއްޖެ އާއި ސައޫދީ އަރަބިއާ އާއި ދެމެދު އޮތީ ބަދަހި ގުޅުމެއް: ރައީސް
3 ގަޑިއިރު ކުރިން

ޖަލުތަކުގެ ޖާގަ އިތުރުކުރުގެ މަސައްކަތްދަނީ ކުރަމުން: ކޮމިޝަނަރ އޮފް ޕްރިޒަންސް
3 ގަޑިއިރު ކުރިން


