logo

އަސާސީ ބައެއް ހިދުމަތްތަކާއި ގުޅޭގޮތުން ޔޫއޭއީ އާއި އެކު މަޝްވަރާކޮށްފި

profile

މުޙައްމަދު ފަޟްލޫން - 23 ސެޕްޓެމްބަރު 2026 - 06:27

އަސާސީ ޚިދުމަތްތައް ކަމުގައިވާ ހަކަތަ، ފެން އަދި ކުނި މެނޭޖުކުރުމުގެ ދާއިރާއިން ދިވެހިރާއްޖެއާއި ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފިއެވެ.

https://wamco.com.mv/

މި މަޝްވަރާތައް ކުރިއަށްދިޔައީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އަލީ ޝަރީފް އާއި ، ރާއްޖޭގައި ހުންނަ ޔޫއޭއީ އެމްބަސީގެ ޗާޖޭ ޑި އެފެއާޒް ހިބާ އަލް ޖުނައިބީއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވައިލެއްވީ، ޔޫއޭއީގެ މަޝްހޫރު މަސްދަރު ކުންފުންޏާއެކު ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކުގެ މައްޗަށެވެ.

އިއާދަކުރަނިވި ހަކަތަ ފުޅާކުރުމާއި، ބެޓެރި އެނާޖީ ސްޓޯރޭޖް ސިސްޓަމްތައް ޤާއިމުކުރުމުގެ އިތުރުން، ރާއްޖޭގެ ކަރަންޓު ވިއުގަ (ގްރިޑް) ޒަމާނީ ފެންވަރަށް ތަރައްގީކުރުމާ ގުޅޭގޮތުން ދެފަރާތުން ޚިޔާލު ބަދަލުކުރެއްވިއެވެ.

މީގެއިތުރުން، ކުނިން ހަކަތަ އުފެއްދުމާއި (ވޭސްޓް-ޓޫ-އެނާޖީ)، ފެނާއި ނަރުދަމާގެ ނިޒާމުތައް އިތުރަށް ހަރުދަނާކުރުމުގެ އިތުރުން، މި ދާއިރާތަކުން ދިވެހި ފަންނީ މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށްޓަކައި (ކެޕޭސިޓީ ބިލްޑިންގ) ހުރި ފުރުސަތުތަކާ ގުޅޭގޮތުންވެސް ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.

ރާއްޖޭގެ ތިމާވެށްޓާއި ހަކަތައިގެ ދާއިރާ ތަރައްޤީކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ބައިނަލްއަގްވާމީ އެހީތެރިކަން ލިބެމުންދާއިރު، މި ބައްދަލުވުމަކީ ރާއްޖެއާއި ޔޫއޭއީއާ ދެމެދު އޮތް ޒަމާންވީ އަހުވަންތަ ގުޅުން އިތުރަށް ހަރުދަނާވެގެންދިޔަ މުހިންމު ފިޔަވަޅެއް ކަމުގައި އެންވަޔަރަމަންޓް މިނިސްޓްރީން ފާހަގަކުރައްވައެވެ.

https://wamco.com.mv/
tel:+9607331319