
ރާއްޖެ އާއި ސައޫދީ އަރަބިއާ އާއި ދެމެދު އޮތީ ބަދަހި ގުޅުމެއް: ރައީސް

މުޙައްމަދު ފަޟްލޫން - 23 ސެޕްޓެމްބަރު 2026 - 04:45
ދިވެހިރާއްޖެއާއި ސަޢޫދީ އަރަބިއްޔާއާ ދެމެދު އޮތީ ނުހަނު ބަދަހި އަދި ވަރުގަދަ ގުޅުމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސައޫދީ ޢަރަބިއްޔާގެ 96 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ސައުދީ ސަރުކާރަށް ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.
ރައީސްގެ ޕޯސްޓްގައި ސަޢޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްޢަޒީޒް އާލް ސައޫދަށާއި، ވަލީ އަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައޫދަށާއި، އެ ގައުމުގެ ޝާހީ އާއިލާއަށާއި ސަރުކާރަށް، އަދި އެކުވެރި ރައްޔިތުންނަށް އިހްލާސްތެރިކަމާ އެކު ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވާފައިވެއެވެ.
ރައީސްގެ ޕޯސްޓްގައި ، ދެ ގައުމުގެ ދެމެދުގައިވާ ގުޅުމަކީ ތާރީހީ އަދި އިސްލާމީ މަތިވެރި އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ގުޅުމެއްކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ތަރައްގީއަށް ސަޢޫދީ ސަރުކާރުން އަބަދުވެސް ވެދެއްވަމުން ގެންދަވާ ދީލަތި އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކުރައްވައި، އެކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.
މީގެއިތުރުން، ކުރިއަށް އޮތް އަހަރުތަކުގައިވެސް ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމާއި، އެއްބައިވަންތަކަން އަދި އެއްބާރުލުން އިތުރަށް ބަދަހިވެ، ފުޅާވެގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.
ސައުދީގެ ގައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ. އެދުވަސް ފާހަގަކުރަނީ އެ ގައުމުގެ ބާނީ އަދި ކުރީގެ ރަސްގެފާނު އަބްދުލް އަޒީޒް ބިން އަބްދުއްރަހްމާން އަލް ސައުދު، ހަނގުރާމައަކަށްފަހު އެ ގައުމު އެއްބައިކުރި ދުވަހުގެ ގޮތުގައެވެ.
ގުޅުން ހުރި ޙަބަރުތައް

އާއްމު މަޖިލީހުގެ ބަހުސް ފެށުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ބައިވެރިވެ ވަޑައިގެންފި
35 މިނިޓު ކުރިން

އަސާސީ ބައެއް ހިދުމަތްތަކާއި ގުޅޭގޮތުން ޔޫއޭއީ އާއި އެކު މަޝްވަރާކޮށްފި
ގަޑިއިރެއް ކުރިން

ޕެންސަން އޮފީހުގެ ސީއޯއޯ ސަސްޕެންޑް ކޮށްފި
2 ގަޑިއިރު ކުރިން

ޖަލުތަކުގެ ޖާގަ އިތުރުކުރުގެ މަސައްކަތްދަނީ ކުރަމުން: ކޮމިޝަނަރ އޮފް ޕްރިޒަންސް
3 ގަޑިއިރު ކުރިން


