logo

އާއްމު މަޖިލީހުގެ ބަހުސް ފެށުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ބައިވެރިވެ ވަޑައިގެންފި

profile

މުޙައްމަދު ފަޟްލޫން - 23 ސެޕްޓެމްބަރު 2026 - 06:51

އދ. ގެ އާއްމު މަޖިލީހުގެ 81 ވަނަ ޢާންމު ބަހުސް ފެށުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ބައިވެރިވެ ވަޑައިގެންފިއެވެ.

https://wamco.com.mv/

ނިއުޔޯކުގައި ހުންނަ އދ ގެ މައި މަރުކަޒުގެ ޖެނެރަލް އެސެމްބްލީ ހޯލުގައި ބޭއްވި މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ވަފުދުގެ އިސްވެރިއަކީ ނައިބު ރައީސެވެ.

މި މަތީ ފަންތީގެ ބައްދަލުވުމަކީ، ދުނިޔެއަށް ކުރިމަތިވެފައިވާ މުހިންމު ގޮންޖެހުންތަކާ މެދު މަޝްވަރާކޮށް، ބައިނަލްއަގްވާމީ އެއްބާރުލުން އިތުރުކުރުމަށްޓަކައި، ދުނިޔޭގެ ގައުމުތަކުގެ ވެރިންނާއި، އިސް މަންދޫބުން އެއްތަންވެވަޑައިގަންނަވާ މުހިއްމު ޕްލެޓްފޯމެކެވެ.

އދ. ގެ 81 ވަނަ ޢާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ނިއުޔޯކަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި، މަތީ ފަންތީގެ އެކި ފޯރަމްތަކުގައި ރާއްޖޭގެ ފަރާތުން ނައިބު ރައީސް ތަގުރީރު ކުރައްވަން ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، އެކި ގައުމުތަކާއި ޖަމްއިއްޔާތަކުގެ އިސްވެރިންނާއެކު ދޭދޭ މަޝްވަރާތައް ބޭއްވެވުމަށާއި، މި ބައްދަލުވުމުގެ ހަވާސާގައި ކުރިއަށްދާ މުހިއްމު ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

https://wamco.com.mv/
tel:+9607331319