logo

ޖަލުތަކުގެ ޖާގަ އިތުރުކުރުގެ މަސައްކަތްދަނީ ކުރަމުން: ކޮމިޝަނަރ އޮފް ޕްރިޒަންސް

profile

މުޙައްމަދު ފަޟްލޫން - 23 ސެޕްޓެމްބަރު 2026 - 04:27

ޖަލުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކުގެ ދަށުން، މިހާތަނަށް 400 އެއްހާ ޖާގަ އިތުރުކުރެވިފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ އިންޑަކްޝަން ޓްރެއިނިންގ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް ވަނީ ޖަލުތަކުގެ ޖާގަ އިތުރުކުރުމަށް ކުރަމުންދާ މަސައްކަތް ހިއްސާކުރައްވާފައެވެ.

ސީޕީ ޒަރީރުގެ ވާހަކަފުޅުގައި، ކުރިއަށް އޮތް ކުރު މުއްދަތެއްގެ ތެރޭގައި އިތުރު 300 އެއްހާ ޖާގަ އިތުރު ނުކުރެވިއްޖެނަމަ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު ދެއްވިއެވެ.

ދޫނިދޫ ޖަލާއި މާލޭ ޖަލު ބަންދުކުރުމާ ގުޅިގެން ގެއްލިގެންދިޔަ ޖާގަތަކަށް އެކަށީގެންވާ ހައްލެއް ނުލިބެނީސް، ޖަލުތަކަށް އަލަށް 520 އަށްވުރެ ގިނަ ގައިދީން ވައްދަން ޖެހުމަކީ ބޮޑު ތަކުލީފެއް ކަމުގައި ވިދާޅުވިއެވެ.

މީގެ ސަބަބުން ޖާގައިގެ ދަތިކަން އިތުރުވުމުގެ އިތުރުން، ޤާނޫނުގައި ބަޔާންކުރާ މިންވަރަށްވުރެ އޮފިސަރުންގެ ނިސްބަތް މަދުވެ،

މިހާރު ތިބި އޮފިސަރުންގެ މަސައްކަތުގެ ބުރަ އިންތިހާއަށް ބޮޑުވެގެން ގޮސްފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން، އަލަށް ދަސްވެނިވި 10 އޮފިސަރުންގެ އިތުރުން ވެސް، މާފުށީ ޖަލުގައި އިތުރު ބަޔަކު މިހާރުވެސް ތަމްރީނު ފުރިހަމަކުރަމުންދާ ކަމަށް ސީޕީ ވިދާޅުވިއެވެ.

މީގެއިތުރުން، ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންނަކީ ވެސް ސިފައިންނާއި ފުލުހުން ފަދައިން، ގައުމީ ހިދުމަތުގައި ފުރާނައިން ޤުރުބާންވުމަށް ހުވާކޮށްގެން ތިބި ބައެއްކަން ހަނދާންކޮށްދެއްވިއެވެ. އަދި ޒަމާނީ ވަސީލަތްތަކުގެ ދަތިކަން ހުރި ނަމަވެސް، ޖަލަށް ވެއްދުން މަނާ ތަކެތި ހުއްޓުވުމަށް އޮފިސަރުން ކުރަމުންދާ ބުރަ މަސައްކަތް ފާހަގަކުރައްވައި، އަބަދުވެސް ތެދުވެރިކަމާއި ނަޒާހަތްތެރިކަން އިސްކުރުމަށް ހުރިހާ އޮފިސަރުންނަށް ކޮމިޝަނަރ ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

https://wamco.com.mv/
tel:+9607331319