
ގްލޯބަލް ދުކާން އަށް ދިވެހި ރުފިޔާ ބަލައިގަންނަން ފަަށައިފި

މުޙައްމަދު ފަޟްލޫން - 23 ސެޕްޓެމްބަރު 2026 - 11:05
އިންޑިއާގެ މަޝްހޫރު އީ-ކޮމާސް ޕްލެޓްފޯމުތަކުން ތަކެތި ގަނެ، ރާއްޖެއަށް ޑެލިވަރީ ކޮށްދޭ ގްލޯބަލް ދުކާން އިން ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
ގްލޯބަލް ދުކާނުން ހާމަކުރި ގޮތުގައި، ކުރިއަށް އޮތް ހުކުރު ދުވަހުން ފެށިގެން އެ ޕްލެޓްފޯމް މެދުވެރިކޮށް ކުރާ ހުރިހާ ވިޔަފާރިއަކަށްވެސް ދިވެހި ރުފިޔާއިން އަގު އަދާކުރެވޭނެއެވެ.
މި ބަދަލާއެކު، ބޭރު ފައިސާގެ ލިމިޓްތަކަށް ބަރޯސާވާން ނުޖެހި، އަދި ކަރަންސީ އެކްސްޗޭންޖް ކުރުމުގެ އިތުރު ފީތަކަކާ ނުލައި ފަސޭހަކަމާއެކު ވިޔަފާރި ކުރުމުގެ ފުރުސަތު ދިވެހި ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. ޚާއްޞަކޮށް، އޮންލައިންކޮށް މުދާ އެތެރެކޮށްގެން ވިޔަފާރިކުރާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މިކަމުގެ ސަބަބުން ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.
އިންޑިއާގެ އެކި އީ-ކޮމާސް ޕްލެޓްފޯމުތައް އެއް ފުރާޅެއްގެ ދަށުން ލިބެން ހުންނަ މި މާކެޓްޕްލޭސްގައި އެމެޒޯން، މިންތްރާ، ފްލިޕްކާޓް، ނައިކާ ފެޝަން އަދި އިކިއާ ފަދަ ދުނިޔޭގެ މަގުބޫލު އެތައް ބްރޭންޑެއް ހިމެނެއެވެ. މިގޮތުން އެންމެ ފަހުގެ ފެޝަން ޓްރެންޑްތަކާއި، ލައިފްސްޓައިލް ޕްރޮޑަކްޓްތަކުގެ އިތުރުން އިލެކްޓްރޯނިކްސް އަދި އެހެނިހެން ސާމާނުތައްވެސް ހެޔޮ އަގުގައި މި ޕްލެޓްފޯމުން ލިބެން ހުންނާނެއެވެ.
މި ޚިދުމަތް ހޯއްދެވުމަށްޓަކައި ގޫގުލް ޕްލޭ ސްޓޯރުން ނުވަތަ އެޕަލް އެޕް ސްޓޯރުން ގްލޯބަލް ދުކާން އެޕްލިކޭޝަން ޑައުންލޯޑް ކުރެއްވޭނެއެވެ.
މީގެއިތުރުން އެ ޕްލެޓްފޯމުގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށްވެސް ހިދުމަތް ހޯދޭނެއެވެ.
ގްލޯބަލް ދުކާން މެދުވެރިކޮށް އޯޑަރުކުރާ ތަކެތި ރާއްޖެއަށް އެތެރެކޮށް ޑެލިވަރީ ކުރުމުގެ އިންތިޒާމު ހަމަޖައްސާފައިވަނީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑް މެދުވެރިކޮށެވެ.
ގުޅުން ހުރި ޙަބަރުތައް

މާމެންދޫ ފިޓްނަސް ސެންޓަރުގެ ބޮޑުބައި ނިމިއްޖެ
42 މިނިޓު ކުރިން

ހިރިލަންދޫގައި ކޯލްޑް ސްޓޯރޭޖް ފެސިލިޓީ ގާއިމްކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފި
ގަޑިއިރެއް ކުރިން

މިހާތަނަށް ސައުދީ އިން ވަނީ ރާއްޖެއަށް 488 މިލިއަން ޑޮލަރުގެ އެހީފޯރުކޮށްދީފައި: ސައުދީ ސަފީރު
ގަޑިއިރެއް ކުރިން

ގުޅުން ބަދަހިކުރަން ރާއްޖެ އާއި ބަންގްލަދޭޝް އިން މަޝްވަރާކޮށްފި
4 ގަޑިއިރު ކުރިން


