logo

ހިރިލަންދޫގައި ކޯލްޑް ސްޓޯރޭޖް ފެސިލިޓީ ގާއިމްކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފި

profile

މުޙައްމަދު ފަޟްލޫން - 23 ސެޕްޓެމްބަރު 2026 - 11:09

ތ. ހިރިލަންދޫގައި 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ޤާއިމުކުރުމުގެ މަޝްރޫއު އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާހަވާލުކޮށް، އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކޮށްފިއެވެ.

https://wamco.com.mv/

ޕްރައިވެޓް ސެކްޓަރ އިނީޝިއޭޓިވް މޮޑެލްގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއަކީ އެ ރަށުގެ މަސްވެރިކަމުގެ ސިނާއަތަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.

ދުވާލަކު ގާތްގަނޑަކަށް 30 ޓަނުގެ މަސް ގަނެ، މަހުގެ ތަފާތު އުފެއްދުންތައް ތައްޔާރުކުރަމުންދާ ހިރިލަންދޫގައި، ބާނާ މަސް ގިނަ ދުވަހަށް ތާޒާކަމާއެކު ރައްކާކުރެވޭނެ ނިޒާމެއް ޤާއިމުވުމަކީ އެ ރަށުގެ މަސްވެރިންނާއި ވިޔަފާރިވެރިން ނުހަނު އެދިއެދި ތިބި މުހިންމު ބޭނުމެކެވެ.

މި މަޝްރޫޢުގެ ދަށުން 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއްގެ އިތުރުން، 10 މެޓްރިކް ޓަނުގެ ބްލާސްޓް ފްރީޒަރަކާއި، މަސް ޕްރޮސެސްކުރުމަށް ހާއްސަ ސަރަޙައްދެއް ތަރައްގީ ކުރެވޭނެއެވެ.

މީގެ އިތުރުން ކޮމްޕްރެސަރ ރޫމާއި، ކަރަންޓު ވިއުގައާއި ބެކަޕް ޖަނަރޭޓަރު އަދި އަލިފާނުން ރައްކާތެރިވުމުގެ ނިޒާމާއި އީއެލްވީ ނިޒާމުތައް ގާއިމުކޮށް، އިމާރާތުގެ ބޭރުގެ އެންމެހައި މަސައްކަތްތައް ނިންމައި ސައިޓް ފުރިހަމައަށް ތަރައްގީ ކުރުން ހިމެނެއެވެ.

މި ކޯލްޑް ސްޓޯރޭޖް ޤާއިމުކުރެވުމާއެކު، ބާނާ މަސް އިސްރާފުވެ އުކާލަންޖެހުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބި، މަސް ކައްކައި ހިއްކާ ފަރާތްތަކަށް އެއްވެސް މެދުކެނޑުމެއްނެތި ތާޒާ މަސް ލިބެމުންދާނެ މަގު ތަނަވަސްވެގެންދާނެއެވެ.

https://wamco.com.mv/
tel:+9607331319