logo

ރިސޯޓްތަކަށް ލިބޭ ބޭރުފައިސާ މާރުކުރަން މަޖުބޫރުކުރުމަކީ އިގްތިސާދަށް ގެއްލުންވާނެކަމެއް: ރައީސް ނަޝީދު

profile

މުޙައްމަދު ފަޟްލޫން - 25 އޯގަސްޓު 2026 - 06:04

ރިސޯޓްތަކަށް ލިބޭ ފައިސާގެ 40 އިންސައްތަ އެމްއެމްއޭ އަށް މާރުކުރަން މަޖުބޫރުކުރުމަކީ އިގްތިސާދީ ގޮތުން ނޭދެވޭ ބޮޑެތި ނަތީޖާތަކެއް ނުކުމެދާނެ ކަމެއް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރިސޯޓްތަކަށް ލިބޭ ބޭރު ފައިސާ އިން އެމްއެމްއޭ އަށް މާރުކުރަންޖެހޭ ނިސްބަތް 20 އިންސައްތަ އިން 40 އިންސައްތަ އަށް ބޮޑުކުރަން ސަރުކާރުން ނިންމާފައިވާތީ ރައީސް ނަޝީދު ވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ގިނަ ރިސޯޓްތަކަކީ ބޭރު ފައިސާއިން އަދާކުރަންޖެހޭ ބޮޑެތި ދަރަނިތައް އޮތްތަންތަނަށްވާއިރު، އޭގެ ތެރެއިން ގިނަ ރިސޯޓްތަކަކީ ބޭންކްތަކުން ލޯނު ނަގައިގެން ހިންގާ ބޭރުގެ އިންވެސްޓްމެންޓްތައް ކަމަށެވެ.

ރިސޯޓްތަކަށް ލިބޭ ފައިސާގެ 40 އިންސައްތަ އެމްއެމްއޭ އަށް މާރުކުރުން މަޖުބޫރު ކުރުމަކީ އިގްތިސާދީ ގޮތުން ނޭދެވޭ ބޮޑެތި ނަތީޖާތަކެއް ނިކުމެދާނެ ކަމެއްކަމަށްވެސް ރައީސް ނަޝީދުގެ ޕޯސްޓްގައި ވަނީ ވިދާޅުވެފައެވެ.

ބޭރުގެ އިންވެސްޓަރުް ރާއްޖެއަށް ޝައުގުވެރިވީ ރާއްޖެއަކީ ކުރާ އިންވެސްޓްމެންޓާ އެކަށީގެންވާ ފައިދާއެއް ލިބޭ ގައުމަކަށް ވާތީ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން އެފަދަ ފުރުސަތުތަކަށް ހުރަސް އެޅުމަކީ އިންވެސްޓަރުންގެ އިތުބާރު ގެއްލި ފަތުރުވެރިކަމުގެ ސިނާއަތުގެ ދެމެހެއްޓެނިވި ކުރިއެރުމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރިސޯޓްތަކަށް ލިބޭ ބޭރުފައިސާއިން އެމްއެމްއޭއަށް މާރުކުރަންޖެހޭ އަދަދު އިތުރުކުރުމާއި ގުޅިގެން ގިނަ ފަރާތްތަކުން ދަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

https://wamco.com.mv/
tel:+9607331319