logo

އަޅުގަނޑާއި ރައީސް ނަޝީދުގެ މަސައްކަތް ނިންމާލާނީ މި ރާއްޖެއަށް ގެންނަން ކޮންމެހެން ޖެހިފައިވާ ބޮޑު ބަދަލު ގެނައުމަށްފަހު: ފައްޔާޒް

profile

ރިޟްވާން މޫސާ - 29 އޯގަސްޓު 2026 - 08:06

އެމަނިކުފާނާއި ރައީސް ނަޝީދުގެ މަސައްކަތްތައް ނިންމަވާ ލައްވާނީ މި ރާއްޖެއަށް ކޮންމެހެން ގެންނަންޖެހޭ ބޮޑު ބަދަލު ގެނައުމަށްފަހުގައި ކަމަށް ބޮޑު ބަދަލުގެ އެންމެ އިސް މޭސްތިރިޔާ އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

ފައްޔާޒް މިހެން ވިދާޅުވީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި އެމްޑީޕީގެ އާންމު މެންބަރުންނާއި، އާންމު ދިވެހި ރައްޔިތުންނަށް އިޝާރާތް ކުރައްވަ އެވެ.

ފައްޔާޒް ވިދާޅުވީ ބޮޑު ބަދަލުގެ ސިޔާސަތަކީ ދިވެހި ރާއްޖެއަށް މިއަދު ކޮންމެހެން ބޭނުންވާ ބަދަލެއް ކަމަށާއި، އެމަނިކުފާނާއި، ރައީސް ނަޝީދުގެ މަސައްކަތް ނިންމަވާލައްވާނީ ބޮޑު ބަދަލު މެނިފެސްޓޯއަށް ތާއިދުކުރައްވާ އަދި އުންމީދުގައި ތިއްބެވި އެމްޑީޕީގެ މެންބަރުންނާއި އާންމު ދިވެހި ރައްޔިތުންނަށް ބޮޑު ބަދަލު ގެނެސްދިނުމަށްފަހުގައި ކަމަށެވެ.

ބޮޑު ބަދަލުގެ ވަޓްސްއަޕް ގުރޫޕުން އެމަނިކުފާނު ވަކިވެވަޑައިގެންފައިވާ ވާހަކަ އަށް އިޝާރާތް ކުރައްވައި ފައްޔާޒް ވިދާޅުވީ "އެއީ ބޮޑު ބަދަލުގެ ރަސްމީ ގްރޫޕެއް ނޫން" ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނު ވިދާޅުވީ ބަޔަކު ހަދައިގެން އުޅުނު ބޮޑު ބަދަލު ކިޔާ ގުރޫޕަކަށް އެމަނިކުފާނުވެސް ވައްދާފައިވާ ކަމަށާއި، އެ ގުރޫޕުން އެމަނިކުފާނު ނުކުމެފައިވަނީ މިހާރަކުވެސް ނޫން ކަމަށެވެ. އަދި ވިދާޅުވީ އެއީ މީގެ ތިން ހަފްތާ ކުރިން ހިނގާފައިވާ ކަމެއް ކަމަށެވެ.

"ބޮޑު ބަދަލު" އަކީ ރާއްޖޭގެ ވެރިކަމުގެ ވައްޓަފާޅިއަށް ނުވަތަ ވެރިކަމުގެ ނިޒާމަށް ގެންނަންޖެހޭ ކަމަށް ފާހަގަކޮށް، އެ ބަދަލުތަކެއް ގެނައުމުގެ ސަބަބުން ރާއްޖޭގެ ފުދުންތެރިކަމާއި، އުފެއްދުން ތެރިކަމަށް އަދި ގާނޫނު އަސާސީ އާޢި، ރައީސުލް ޖުމްހޫރިއްޔާ އަކަށް ހުންނަ ބޭފުޅަކު ޖަވާބުދާރީ ކުރެވިދާނެ ގޮތްތަކާއި، މި ނޫންނަސް ރައްޔިތުންނަށް ބާރުތަށް ލިބޭ ގޮތަށް އޮންނަ އެމްޑީޕީން އެކުލަވާލާފައިވާ ސިޔާސަތެކެވެ.

https://wamco.com.mv/
tel:+9607331319