.jpg&w=3840&q=75)
ރާއްޖެ-ރަޝިޔާ ވައިގެ ދަތުރުތައް އިތުރުކޮށް ގުޅުން ބަދަހިކުރުމަށް އެއްބަސްވުމެއް!

އާމިނަތު ޝަޒްލާ - 17 އޯގަސްޓު 2026 - 13:30
ރާއްޖެ އާއި ރަޝިޔާއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ދާއިރާއިން އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ރާއްޖެއަށް އިތުރު އެއަރލައިންތަކުގެ ދަތުރުތައް ފެށުމާ ގުޅޭގޮތުން ދެ ޤައުމުގެ ދެމެދުގައި މުހިންމު މަޝްވަރާތަކެއް ބާއްވައި އެއްބަސްވުމަކަށް އަތުވެއްޖެއެވެ.
މި އެއްބަސްވުމަކަށް އައިސްފައިވަނީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން އިއްޒަތްތެރި މުޙައްމަދު އަމީން، ރަޝިޔާ ފެޑެރޭޝަނުގެ ސްޓޭޓް ސެކްރެޓަރީ އަދި ޑެޕިއުޓީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް މިސްޓަރ ޑްމިޓްރީ ޒްވެރެވްއާ އެކު މިއަދު މޮސްކޯގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުކުރެއްވުމާ ގުޅޭ މަޢުލޫމާތު ހާމަކުރައްވައި ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މޮސްކޯގައި ބޭއްވުނު މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ދެ ޤައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ފުޅާކޮށް ވަރުގަދަކުރުމާ ގުޅޭގޮތުން ކަމަށެވެ.
މީގެއިތުރުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށާއި އިޤްތިޞާދަށް ފައިދާވާނެހެން، ރަޝިޔާއިން ރާއްޖެއަށް އިތުރު އެއަރލައިންތަކުގެ ދަތުރުތައް ފެށުމަށް މި ބައްދަލުވުމުގައި ދެ ފަރާތުން އެއްބަސްވެފައިވާ ކަމަށްވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
ރަޝިޔާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ އެއް ޤައުމަށް ވާއިރު، ވައިގެ މަގުން ދަތުރުފަތުރުގެ އިތުރު ފުރުޞަތުތައް ފަހިވެގެން ދިއުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.
ގުޅުން ހުރި ޙަބަރުތައް

މާލެ ސިޓީ ކައުންސިލުން 2 ބައްދަލުވުން ބާއްވަން މިލިއަނުން ހަރަދުކޮށްފި
2 ގަޑިއިރު ކުރިން

މެރިކަލްޗަރގެ ސިނާޢަތް ފުޅާކުރުމަށް ޚާއްޞަކޮށް ރާއްޖޭގެ 10 ސަރަޙައްދެއް ކަނޑައަޅައިފި
2 ގަޑިއިރު ކުރިން

ހިދުމަތްތައް ހަރުދަނާކުރަން އިތުރު 100 ފާމަސިސްޓުން ބޭނުންވޭ: ޑރ ޝާހު މާހިރު
2 ގަޑިއިރު ކުރިން

މެންބަރުންގެ އަގުބޮޑު އިންޝުއަރެންސް ކަނޑާލަން ގޮވާލި ޕެޓިޝަނަށް ބޭނުންވާ ސޮއި ހަމަވެއްޖެ
2 ގަޑިއިރު ކުރިން


