logo

"ހިންމަފުށީ ޑްރަގް ރިހިބިލިޓޭޝަން ސެންޓަރުގެ ހާލަތު ދަށްވުމުގެ ކަންބޮޑުވުން" މެންބަރު ކުޑޫގެ ސިޓީއެއް ހޯމް މިނިސްޓަރަށް!

profile

ރިޟްވާން މޫސާ - 08 އޯގަސްޓު 2026 - 07:37

ކ. ހިންމަފުށީގައި ގާއިމުކޮށްފައިވާ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހިބިލިޓޭޝަން ސެންޓަރުގެ ހާލަތާއި، އެ ތަނުގެ ހިންގުން ހުރި ގޮތާ މެދު، ފަރުވާ ހޯދަމުންދާ ފަރާތްތަކާއި އާއިލާތަކުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރަމުންދާކަމަށް ވިދާޅުވެ، އެކަމާ ގުޅޭގޮތުން ގިނަ ސުވާލުތަކެއް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހޯމް މިނިސްޓަރު އަލީ އިހުސާނަށް ހުށަހަޅުއްވައިފިއެވެ.

https://wamco.com.mv/

މެންބަރު، މުހައްމަދު އިބްރާހިމް ލިޔުމުން ޖަވާބު ހޯއްދެވުމަށް އެދިވަޑައިގެން ފޮނުއްވި ސިޓީގައި ވަނީ އެ ސެންޓަރުގެ ހާލަތާމެދު އެ ތަނުން ފަރުވާ ހޯދާ މީހުންނާއި އެ މީހުންގެ އާއިލާތަކުގެ އިތުރުން ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ކަންބޮޑުވުންތަކާ ބެހޭގޮތުން މައުލޫމާތު ސާފުކުރުމަށް އެދިފަ އެވެ.

ކުޑޫ ވަނީ މި މަރުކަޒުގެ ހާލަތާ ގުޅޭގޮތުން ޖުމްލަ 10 ސުވާލެއް މިނިސްޓަރު އިހުސާނަށް ފޮނުއްވާފައެވެ. އޭގެ ތެރޭގައި ސެންޓަރުގެ އިމާރާތް ބޭނުންކުރަން ދަތިވާ މިންވަރަށް ބާވެފައިވާ ކަމަށް ދެކެވޭ ވާހަކަތަކާއި، ބަލިމީހުން ބޭތިއްބުމަށް އެކަށީގެންވާ ސާފުތާހިރު މާހައުލެއް ނެތް ކަމަށް ކުރެވޭ ތުހުމަތުތަކުގެ ހަގީގަތް ސާފުކޮށްދެއްވަން އެދިވަޑައިގަތުން ހިމެނެއެވެ.

ފަރުވާއަށް ބޭނުންވެގެން ސެންޓަރަކަށް ދާ ކޮންމެ މީހަކަށް ވެސް ރައްކާތެރި، އިންސާނީ ކަރާމާތް ހިމާޔަތްކުރެވިފައިވާ ސައިންޓިފިކް ހެކިތަކުގެ މައްޗަށް ބިނާވެފައިވާ ފަރުވާއެއް ދިނުމަކީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނާއި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ މިންގަނޑުތަކުގައި ހައްގެއް ކަމަށް ބަޔާން ކޮށްފައިވާކަން އެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

މަސްތުވާތަކެއްޗާބެހޭ ގާނޫނާއި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ރިއާޔަތްކޮށް، ފަރުވާ ބޭނުންވާ ކޮންމެ މީހަކަށް ރައްކާތެރި އަދި އިންސާނީ ކަރާމާތް ހިމާޔަތްކުރެވިފައިވާ މާހައުލެއް ކަށަވަރުކޮށްދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އާއިލާތަކުން ދެކޭކަމަށް ވެސް މެމްބަރު ކުޑޫ ފާހަގަކުރެއްވިއެވެ.

މި މައްސަލަތަކަށް އަވަސް ހައްލެއް ނުލިބިއްޖެނަމަ، ފަރުވާގެ ނަތީޖާ ގެއްލި، އަލުން އެ ވަބާގެ ތެރެއަށް މީހާ ދިއުމަށް މަގުފަހިވާނެ ކަމުގެ ބިރު އޮތްކަން މެންބަރު ފާހަގަކުރެއްވިއެވެ.

https://wamco.com.mv/
tel:+9607331319