logo

އިމާރާތް ކުރުމާއި ފަތުރުވެރިކަމަށް ދޫކުރި ލޯނު އިތުރު ވެއްޖެ!

profile

ރިޟްވާން މޫސާ - 08 އޯގަސްޓު 2026 - 06:46

ބޭންކުތަކުން އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ލޯނުގެ އަދަދު އިތުރުވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭއިން އާންމުކޮށްފައިވާ ޖުލައިމަހުގެ އިކޮނޮމިކް އަޕްޑޭޓް ރިޕޯޓުން ދައްކައިފިއެވެ.

https://wamco.com.mv/

އެމްއެމްއޭއިން އާންމުކޮށްފައިވާ 2026ވަނަ އަހަރުގެ މެއި މަހު ވިޔަފާރި ބޭންކުތަކުން އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ލޯނާއި އެހެނިހެން ފައިނޭންސް ކުރިއަރާފައިވާ މިންވަރު 14 އިންސައްތައިގައި ހުރުމަށްފަހު، ޖޫން މަސް ނިމުނުއިރު މި އަދަދު ވަނީ 15 އިންސައްތައަށް އިތުރުވެފައެވެ.

އިމާރާތްކުރުމުގެ ދާއިރާއަށް ދޫކުރި ލޯނު ވެސްމިދިޔަ އަހަރުގެ މި މުއްދަތާއި އަޅައި ބަލާއިރު އިތުރުވެފައިވާ ކަމަށް ރިޕޯރޓް ތަކުން ދައްކާއިރު މި ލޯނުތައް އިތުރުވުމުގެ މައިގަނޑު ސަބަބު ތަކެއްގެ ގޮތުގައި ވަނީ އަހަރުން އަހަރަށް އިމަރާތް ކުރުމަށް ލޯނު އިތުތުވެގެން ދިއުމެވެ. މީގެ އިތުރުން ދިރިއުޅޭނެ ގެދޮރު ނުވަތަ ހައުސިންގް މަޝްރޫއުތަކަށް ދޫކުރި ލޯނުތައް ވެސް މި ކުރިއެރުމުގައި ހިމެނޭ ކަން ފާހަގަކޮށްލެވެ އެވެ.

ފަތުރުވެރިކަމުގެ ދާއިރާއަށް ބަލާއިރު، މި ދާއިރާއަށް ދޫކުރި ކްރެޑިޓް އިތުރުވެފައިވަނީ އަލަށް ރިސޯޓު ތަރައްޤީކުރުމަށާއި، ގެސްޓްހައުސްތަކަށާއި، އަދި ރިސޯޓުތައް މަރާމާތުކޮށް ތަރައްޤީކުރުމަށް ދޫކުރި ފައިސާ އިތުރުވުމާ ގުޅިގެންކަމަށް މި ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފަ އެވެ.

https://wamco.com.mv/
tel:+9607331319