އެމްޑީޕީން "ދަތިވެއްޖެ" މި ނަމުގައި ބާއްވާ ހަރަކާތުގެ މެސެޖު ފޯރުކޮށްދިނުމަށް ޕިކަޕް ބުރެއް!

ރިޟްވާން މޫސާ - 08 އޯގަސްޓު 2026 - 14:40
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީން އިސް ނަގައިގެން މި މަހުގެ 13 ވަނަ ދުވަހުގެ ރޭ ބާއްވަން ހަމަޖެހިފައިވާ ބޮޑު އެއްވުން ދަތިވެއްޖެ މި ނަމުގައި އާންމުން ހޭލުތެރިކަން އިތުރުކޮށް މި މެސެޖު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ހުޅުމާލޭގައި ޕިކަޕް ބުރެއް ބާއްވައިފި އެވެ.
އެމްޑީޕީން މިއަދު ހަވީރު ވަނީ ހުޅުމާލޭގެ ތިން ސަަރަހައްދެއްގައި އަޑު އުފުލައި ރައްޔިތުންނަށް މެސެޖު ފޯރުކޮށްދީފަ އެވެ.
އެމްޑީޕީގެ މިއަދުގެ އަޑު އުފުލުމުގައި އެޕާޓީގެ ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރ ފާތިމަތު ޒަހިއްޔާ ޒާޔާގެ އިތުރުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައެއް މެންބަރުންނާއި، އެމްޑީޕީގެ އާންމު މެންބަރުން ވެސް ބައިވެރިވެ ވަޑައިގެންފައިވެ އެވެ.
މިއަދުގެ އެއްވުމުގައި އެމްޑީޕީގެ ބައިވެރިން ވަނީ ހަގީގަތުގައިވެސް ދިވެހި ގައުމުގެ ހާލަތު އިންތިހާޔަށް ދަތިވެފައިވާ ކަމަށާއި، ތަކެތީގެ އަގު ދެ ގުނައަށް ބޮޑުވެއްޖެ ކަމަށް ބުނެ އަޑު އުފުލާފަ އެވެ.
މިއަދު ހަވީރު 17:00 ގައި ފެށި މި އަޑު އުފުލުން ފަށާފައިވަނީ ހުޅުމާލޭ ރުއްގަނޑު 1 ސަރަހައްދުގަ އެވެ. މީގެ އިތުރުން ހުޅުމާލޭ ފޭސް 2 ގެ ގަޑިޔާތައް ހިމެނޭ ސަރަހައްދާއި، ހުޅުމާލޭގެ ވިނަރެސް ފުލެޓްތައް ހިމެނޭ ސަރަހައްދުގައި ވެސް އެމްޑީޕީން ވަނީ އަޑު އުފުލައި، ރައްޔިތުންނަށް އެޕާޓީން ދޭން ބޭނުންވާ މެސެޖުތައް ފޯރުކޮށްދީފަ އެވެ.
ދަތިވެއްޖެ މުޒާހަރާ ބޭއްވުމަށް ހަމަޖެހިފައިވަނީ މި އޮގަސްޓް މަހުގެ 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މާލޭ ސޯޝަލް ސެންޓަރު ކުރިމަތިން މަޖީދީ މަގުގަ އެވެ.
ގުޅުން ހުރި ޙަބަރުތައް

ޔަމަނުގައި އަލުން ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމުގެ އިންޒާރު އދ. އިން ދީފި
15 ގަޑިއިރު ކުރިން

"ހިންމަފުށީ ޑްރަގް ރިހިބިލިޓޭޝަން ސެންޓަރުގެ ހާލަތު ދަށްވުމުގެ ކަންބޮޑުވުން" މެންބަރު ކުޑޫގެ ސިޓީއެއް ހޯމް މިނިސްޓަރަށް!
21 ގަޑިއިރު ކުރިން

އިމާރާތް ކުރުމާއި ފަތުރުވެރިކަމަށް ދޫކުރި ލޯނު އިތުރު ވެއްޖެ!
ދުވަހެއް ކުރިން

ތަކެތީގެ އަގު ބޮޑުވުމުގެ ސަބަބުން ރައްޔިތުން ސަރުކާރަށް ވަރަށް ބޮޑެތި ފާޑުކިއުންތައް އަމާޒުކޮށްފި!
2 ދުވަސް ކުރިން


