
ތަކެތީގެ އަގު ބޮޑުވުމުގެ ސަބަބުން ރައްޔިތުން ސަރުކާރަށް ވަރަށް ބޮޑެތި ފާޑުކިއުންތައް އަމާޒުކޮށްފި!

ރިޟްވާން މޫސާ - 07 އޯގަސްޓު 2026 - 14:08
ތަކެތީގެ އަގު ބޮޑުވުމުގެ ސަބަބުން ރައްޔިތުންގެ ނުރުހުން ވަރަށް ބޮޑަށް ސަރުކާރަށް އަމާޒުވެ ރައްޔިތުން ފާޑުކިޔަން ފަށައިފި އެވެ.
"އަސްލުޓީވީން" ތަކެތީގެ އަގު ބޮޑުވަމުންދާ ކަމަށް ބުނާ މައްސަލަ އާއި ގުޅިގެން މާލޭގައި ވަރަށް ގިނަ ރައްޔިތުންގެ ޙިޔާލާއި މަޝްވަރާ ހޯދުމަށް ކުރި މަސައްކަތުން މެޖޯރިޓީ ރައްޔިތުން ވަނީ ބާޒާރުގައި ތަކެތީގެ އަގު ބޮޑުވަމުންދާ ކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
ތަކެތީގެ އަގު ބޮޑުވުމާއި ގުޅިގެން "އަސްލުޓީވީ" އަށް މީހަކު އިންޓަރވިއު ދެނީ
ތަކެތީގެ އަގު ބޮޑުވަމުންދާ މައްސަލަ އާއި ގުޅިގެން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ދާދި ފަހަކުން އެމަނިކުފާނުގެ މީސް މީޑިޔާ އެކައުންޓުގެ އެކްސްގައި ހިއްސާ ކުރައްވާފައިވާ ވީޑިއޯގައި ވިދާޅުވެފައިވަނީ ތަކެތީގެ އަގު ބޮޑު ވުމާއި އިގްތިސާދަށް ކުރަމުންދާ އަސަރުގެ ވާހަކަ އިދިކޮޅު ފަރާތްތަކުން ދައްކަމުން ދަނީ ހަގީގަތާއި ޙިލާފަށް ކަމަށެވެ.
މިނިސްޓަރ ސައީދު ވިދާޅުވެފައިވަނީ ތަކެތީގެ އަގު ބޮޑުވަމުން ނުދާ ކަމަށާއި، ސަރުކާރުން ރައްޔިތުންނަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުގައި އަބަދުވެސް މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.
މިނިސްޓަރު ވަނީ ތަކެތީގެ އަގަށް އަންނަ ބަދަލުތަކާއެކު މީގެ ކުރީގެ ތަރީހު ތަކުގައި ތަކެތީގެ އަގު ހުންނަ މިންވަރު ތަފްސީލީ ގޮތެއްގައި މީގެ ކުރިން ހުރި އަގުތަކެއް ރައްޔިތުންނާއި، ހިއްސާ ކުރައްވާފަ އެވެ.
ތަކެތީގެ އަގު ބޮޑުވުމާއި ގުޅިގެން "އަސްލުޓީވީ" އަށް މީހަކު އިންޓަރވިއު ދެނީ
ނަމަވެސް ރައްޔިތުންގެ ތެރެއިން ގިނަ ފަރާތްތަކުން ބުނަމުން ގެންދަނީ ތަކެތީގެ އަގު ބޮޑުވެއްޖެ ކަމަށާއި، އަތް ނުފޯރާ ފަށަށް ހިނގައްޖެ ކަމަށެވެ. އަދި ޑޮލަރުގެ އަގު ބޮޑުވެ ޑޮލަރު ލިބުން ދަތިވުމުގެ ސަބަބުން ގައުމުގެ އިގްތިސާދަށް ނުރައްކާ މިންވަރަށް އިގްތިސާދީ ހާލަތު މިއަދު ބަދަލުވެއްޖެ ކަމަށް ވެސް ރައްޔިތުންގެ ތެރެއިން ގިނަ ބޭފުޅުން ފާހަގަ ކުރައްވަ އެވެ.
މީގެ އިތުރުން ތަކެތީގެ އަގު ބޮޑުވުމާއި ޑޮލަރުގެ މައްސަލަ އަށް ހައްލު ހޯދުމަށް ސަރުކާރުން މަސައްކަތް ނުކުރައްވާ ކަމަށާއި، ތަކެތީގެ އގު ބޮޑުވުމުގެ މައްސަލަ އަށް މިނިސްޓަރ ސައީދު ހައްދަވަމުން ގެންދަވަނީ އިތުރުފުޅޫ ތަކެއް ކަމަށް ވެސް ރައްޔިތުން ފާހަގަކުރައްވަ އެވެ.

އަސްލުޓީވީން ގެނެސްދޭ "ބާބު" ޕްރޮގްރާމުގައި ބައިވެރިވެ ވަޑައިގެން އެމްޑީޕީގެ މެކްރޯ އިކޮނޮމިކް ކޮމެޓީގެ ޗެއާ ހުސެއިން އަމްރު ވިދާޅުވީ ތަކެތީގެ އަގު ބޮޑުވަމުންދާ މައްސަލަ އަކީ އެމްޑީޕީން ނުހަނު ކަންބޮޑުވާ މައްސަލަ އެއް ކަމަށާއި، ރާއްޖޭގެ އިގްތިސާދު މި ނާޒުކު ދަނޑިވަޅުން ސަލާމަތް ކުރުމަށް މަސައްކަތް ކުރުމަށް އެމްޑީޕީން މަޑުން ނޯވެ ތެދުވެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އަމްރް ވަނީ ތަކެތީގެ އަގު ބޮޑު ވަމުންދާ ަމއްސަލަ އާއި ގުޅޭގޮިތުން އެމްޑީޕީން ދިރާސާތަކެއް ހައްދަވާފައިވާ ކަމަށްވެސް ވިދާޅުވެފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

ތޫފާން 'ޑޮލްފިން' ޖަޕާނަށް ބިރުބޮޑުވެ، ރައްކާތެރިކަމުގެ ކުއްލި ފިޔަވަޅުތައް އަޅަނީ
19 ގަޑިއިރު ކުރިން

މަޑުމައިތިރިކަމަކީ ދީނުގެ މުހިންމު ބައެއްކަން ދަންނަ މީހުން މިއަދު މަދު: ހުކުރު ޚުޠުބާ
21 ގަޑިއިރު ކުރިން

"އަމީނީ މަގު މަރާމާތު ކުރުމުގެ މަސައްކަތް" އެމްޓީސީސީގެ އިހުމާލާއި ރައްޔިތުންގެ ކަނބޮޑުވުން އިންތިހާޔަށް
2 ދުވަސް ކުރިން

ޖޫންމަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް 406 މިލިޔަން ރުފިޔާގެ އާމްދަނީއެއް
2 ދުވަސް ކުރިން


