
DjSLfTkVsAAH9uR.jpg
މޫސުން ތަންނުދޭތީ މިނިވަން ދުވަހުގެ ޕެރޭޑް ފަސްކޮށްފި
.jpeg&w=3840&q=75)
އައިޝަތު އިނާޝާ - 26 ޖުލައި 2024 - 06:43
މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާ އެމްއެންޑީއެފްގެ " ޝަރަފުގެ ހިނގާލުން " މޫސުން ތަންނުދިނުމުގެ ސަބަބުން ފަސްކޮށްފިއެވެ.
އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މޫސުން ތަންނުދޭތީ މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ޝަރަފުގެ ހިނގާލުން ފަހުގެ ތާރީޚަކަށް ފަސްކޮށްފައިވާ ކަމަށެވެ.
މޫސުން ގޯސްވެ، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއްަދު ވަނީ ހުދު ސަމާލު ނެރެފައެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، އެކިސަރަހައްދުތަަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ދުވަހާ ގުޅިގެން ބާއްވާ ރަސްމީ ޖަލްސާ މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޤައުމާ މުޚާތަބުކުރައްވާ ވާހަކަދައްކަވާނެއެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން