logo

އޯކިޑްޕްލާޒާގައި ރޯވި އަލިފާން ނިއްވާލިއިރު، އެ ސަރަހައްދުގައި މާރާމާރީއެއް

profile

ޒިދާން މުޙައްމަދު - 29 ޖުލައި 2024 - 11:55

މ. އޯކިޑްޕްލާޒާގޭގައި ރޯވި އަލިފާން ސިފައިން ކުރި މަސައްކަތުން ނިއްވާލައިފިއެވެ.

މި ހާދިސާގެ މަޢުލޫމާތު، ރޭ ފަތިހު 3:31 ހާއިރު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާއެކު، ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުން ހަރަކާތްތެރިވިއެވެ. އަދި އެ ސަރަހައްދަށް ގޮސް ފަޔަރ ފައިޓަރުން ކުރި މަސައްކަތުން، އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ ފަތިހު 4:49 ހާއިރު ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދީފައިވެއެވެ.

މި ހާދިސާއާގުޅޭގޮތުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖުމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ބުނީ، އަލިފާނުގުގެ ހާދިސާއާއި ގުޅިގެން ކައިރި ގެތަކުން 48 މީހަކު އެހެން ގެތަކަށް ބަދަލުކުރިކަމަށެވެ. މީގެތެރޭގައި 15 ކުޑަކުދިންވެސް ހިމެނޭކަމަށާއި، ނަމަވެސް މިހާރު އެ ހުރިހާ އެންމެން އެމީހުންގެ ގެތަކަށް އަނބުރާ ވައްދާފައިވާކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ ރިޕޯޓެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނި ގޮތުގައި އަލިފާނުގެ ހާދިސާ ހިނގައިގެން ސިފައިންނާއި އާންމުން ހަރަކާތްތެރިވިއިރު، އެ ސަރަހައްދުގައި އާންމުންގެ މީހަކު ވަނީ މާރާމާރީ ހިންގާފައެވެ. ނަމަވެސް މި މާރާމާރީ ހިންގި ސަބަބެއް ހާމަކޮށްފައި ނުވާއިރު މިމައްސަލާގައި މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ނިއްވުމުގައި ދިވެހި ސްކައުޓުންގެ އެހީތެރިކަންވެސް ވަނީ ފޯރުކޮށްދީފައެވެ.

tel:+9607331319