logo

ފުޓުބޯޅައިގައި ރާއްޖެއަށް ބޮޑު ވެއްޓުމެއް

profile

އާމިނަތު ޝަފާ - 21 ޖުލައި 2024 - 13:40

ދަނޑުގައި އޮތް ފަރިތަކުރުންތަކެއްގެ ތެރެއިން

ދަނޑުގައި އޮތް ފަރިތަކުރުންތަކެއްގެ ތެރެއިން

ދުނިޔޭގެ ފުޓްބޯޅައި ރޭކިންގައި ރާއްޖެއަށް ބޮޑު ވެއްޓުމަކާ ކުރިމަތިލާންޖެހިއްޖެއެވެ.

ފީފާއިން މިމަހު ނެރުނު ރޭންކިންގައި ރާއްޖެ އޮތީ 163 ވަނައިގައެވެ. މިއީ އޭގެ ކުރީގައި އާއްމުކުރި ރޭންކްތަކަށްވުރެ 3 ދަރަޖައިގެ ވެއްޓުމެކެވެ. މިއީ 2016 ވަނަ އަހަރުގެ ފަހުން ރާއްޖޭގެ އެންމެ ދަށް ރޭންކިންއެވެ.

ރާއްޖޭގެ ފުޓުބޯޅަ ފަހަތައް ސޮއްސާލައި ހަރަކާތްތައް މިވަގުތު މުޅިންހެން ހުއްޓިފައިވާއިރު ހުރިހާ ކުލަބުތަކެއްވެސް އޮތީ މާލީ އަނދަވަޅެއްގައެވެ.

ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު މެޗެއް ނުކުޅޭތާ އަހަރެއްވާން ކައިރިވެފައިވާއިރު ގައުމީ ޓީމު ފަހުން މެޗެއްކުޅުނީ ވޯލްޑް ކަޕް ކޮލިފައިން ޕްރިލިމިނަރީ ބުރުގައި ބަންގްލަދޭޝްއާ ދެކޮޅަށެވެ.

ރޭންކިންގައި އޭޝިއާ ސަރަހައްދުން އެއް ވަނައިގައި ޖަޕާން އޮތްއިރު އިންޑިއާ އޮތީ 124 ވަނައިގައެވެ. ނޭޕާލް 175 ވަނައިގައި އޮތްއިރު ބޫޓާން ވަނީ 182 ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. ބަންގްލަދޭޝް އޮތީ 184 ވަނައިގަ އެވެ. ޕާކިސްތާން 197 ވަނައިގައި އޮތްއިރު ސަރަހައްދުގެ ފުލުގައި އޮތީ 205 ވަނައިގައި އޮތް ސްރީ ލަންކާއެވެ.

ެއެފްއޭއެމްގެ ތެރޭގައި ހިނގާފައިވާ ކޮރަޕްޝަނުގެ މައްސަލައެއް ފުލުހުންނާއި ޕީޖީ އޮފީހުން ބަލަމުން އަންނައިރު ފީފާއިންވަނީ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނުވަ މަސް ދުވަހަށް ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ސަސްޕެންޑްކޮށްފައެވެ.

tel:+9607331319